އެމްއެޗްއޭގެ ޕްރޮމޯޝަނެއް: ނީޑޯ ކިރު ވަރަށް ބޮޑަށް ހެޔޮކޮށްފި
އެމްއެޗްއޭގެ ޕްރޮމޯޝަނެއް: ނީޑޯ ކިރު ވަރަށް ބޮޑަށް ހެޔޮކޮށްފި

އެމްއެޗްއޭ މާޓުން ވިއްކާ ނީޑޯ ކިރު ދަޅުން 30 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަން އަކީ ނީޑޯ ކިރުގެ ރަހަ އާއްމުންނަށް ހެޔޮ އަގެއްގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެ ފިހާރައިން ފެށި ޕްރޮމޯޝަނެއް ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން ހޯލްސޭލް އަދި ރީޓެއިލް ކޮށް ވިއްކާ އަގުތަކުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެމްއެޗްއޭއިން 900 ގުރާމުގެ ނީޑޯ ކިރުދަޅެއް ވިއްކާ ހޯލްސޭލް އަގަކީ 169ރ. އެވެ. ޕްރޮމޯޝަނުގެ ދަށުން އެ ސައިޒުގެ ދަޅެއް 118ރ. އަށް ލިބޭނެ އެވެ. ހޯލްސޭލްކޮށް 1.8 ކިލޯގެ ކިރު ދަޅު ލިބެން ހުންނަނީ 327ރ. އަށެވެ. ޕްރޮމޯޝަންގެ ދަށުން 229ރ. އަށް އެ ސައިޒުގެ ލިބޭނެ އެވެ. ނީޑޯ ކިރުގެ 2.5 ކިލޯގެ ކިރުދަޅުގެ ހޯލްސޭލް އަގަކީ 451ރ. އެވެ. ޕްރޮމޯޝަންގެ ދަށުން އެ ސައިޒުގެ ދަޅު 315ރ. އަށް ލިބޭނެ އެވެ.

އެމްއެޗްއޭއިން ރީޓެއިލްކޮށް ނީޑޯ ކުރގެ 900 ގުރާމުގެ ދަޅު ވިއްކަނީ 184ރ. އަށެވެ. ޕްރޮމޯޝަނުގެ ދަށުން އެ ސައިޒުގެ ދަޅު ލިބޭނީ 140ރ. އަށެވެ. ރީޓެއިލްކޮށް 1.8 ކިލޯގެ ނީޑޯ ދަޅު އާއްމު ކޮށް ލިބޭނީ 342ރ. އަށެވެ. ޕްރޮމޯޝަނުގެ ދަށުން އެ ސައިޒުގެ ދަޅު ލިބޭނީ 260ރ. އަށެވެ. ނީޑޯ ކިރުގެ 2.5 ކިލޯގެ ދަޅު ރީޓެއިލް އަގުގައި ލިބޭނީ 465ރ. އަށެވެ. ޕްރޮމޯޝަނުގެ ދަށުން އެ ސައިޒުގެ ދަޅު ލިބޭނީ 360ރ. އަށެވެ.

އެމްއެޗްއޭއިން ބުނި ގޮތުގައި އެ ފިހާރައިގައި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެ ތަނުގައި މި ވަގުތު ހުރި ސްޓޮކް ހުސްވަންދެންނެވެ. އެހެންކަމުން ޕްރޮމޯޝަނަށް ވަކި މުއްދަތެއް އެ ފިހާރައިން ކަނޑައަޅައިފައެއް ނުވެ އެވެ.