ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ފޮޓޯތަކުން ވަރުގަދަ މެސެޖެއް
ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ފޮޓޯތަކުން ވަރުގަދަ މެސެޖެއް

އެމެރިކާގެ ޓެކްސަސްގައި އުޅޭ، އުމުރުން 17 އަހަރުގެ ދަރިވަރެއް ކަމަށްވާ އެންޑްރިއާ ސަލާޒާ މޮޑެލްކުރާތާ ތިން އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާ އަށް ކެންސަރު ޖެހިފައިވާކަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެނގުނު ހިސާބުން އޭނާގެ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް އޭނާ ގަބޫލުކުރި އެވެ. އެކަމަކު އޭނާ ވަނީ ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އުންމީދު އާކޮށްދީފަ އެވެ.

ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ފޮޓޯތަކުން ވަރުގަދަ މެސެޖެއް
ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ފޮޓޯތަކުން ވަރުގަދަ މެސެޖެއް

ކެންސަރުގެ ސްޓޭޖު 2 ގައި ހުރުމުން އެންޑްރިއާ ފަރުވާ ހޯދަން ކީމޯތެރަޕީ ނަގަން ޖެހެ އެވެ. އެކަމުގެ ބޮލުން އިސްތަށި ފައިބަން ފެށި އެވެ. އެހެންވެ އޭނާ މޮޑެލްކުރަން ދާން ފެށީ ވިގު އަޅައިގެންނެވެ.

ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ފޮޓޯތަކުން ވަރުގަދަ މެސެޖެއް
ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ފޮޓޯތަކުން ވަރުގަދަ މެސެޖެއް

މިގޮތަށް އެންޑްރިއާއާ އެކު އެކި އޭޖެންސީތަކާއި ފޮޓޯގްރަފަރުން މަސައްކަތް ކުރި އެވެ. އެކަމަކު ފޮޓޯގްރަފާ ޖެރާޑް ގާމެންޑިއާ އެކު އެންޑްރިއާ ނެގި ފޮތޯތަކުން މަންޒަރު ބަދަލުކޮށްލި އެވެ. ވިގު ނާޅައި ފޮޓޯ ނެގި އެވެ. ނޫ ކުލައިގެ ހެދުމެއް ލައިގެން، އެންޑްރިއާ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ ސައިޓްތަކުގައި އެތައް ހާސް ބަޔަކު ޝެއާކުރި އެވެ.

"އެންމެ ފުރަތަމަ ނުކެރުނު ވިގު ނާޅައި ފޮޓޯ ނަގާކަށް،" އެންޑްރިއާ ބުންޏެވެ. "އެކަމަކު ހިތަށް އެރީ ލަދުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތޭ. ތިމާގެ ބޭރު ފުށުން ފެންނަ ސިފައަށް ވުރެ، އެމީހެއްގެ ޝަހުސިއްޔަތު ބައްޓަންކޮށްފައިވާ ގޮތް މާ މުހިއްމު،" އެންޑްރިއާ ބުނެފައިވެ އެވެ.

މިއީ ކެންސެރަށް ފަރުވާ ހޯދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެންޑްރިއާ ނެގި ފޮޓޯ ތަކެކެވެ. ކެންސަރުގެ ސަބަބުން ތިމާގެ ސިފަ ހުތުރު ކަމަށް ގަބޫލު ނުކޮށް، އެ މީހަކު ކުރަން ބޭނުންވާ ކަމެއްގައި ދެމި ހުރުމަށްއެންޑްރިއާ ބުނެފައިވެ އެވެ.