އިންޑިއާއާ އެކު ރާއްޖެއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޑިއާއާ އެކު ރާއްޖެއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއިން ރާއްޖެއާ އެކު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި މިއަދު ދެ ގައުމުން ސޮއިކުރީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަކާއި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމުގެ އެއްބަސްވުމަކާއި ގައުމީ ޔުނިވާސިޓީ އާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ އެކު ހެދި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ.

މީގެ އިތުރުން ކަނޑުމަތީގެ ދެ އެމްބިއުލާންސެއް ވެސް އިންޑިއާއިން މިއަދު ހަދިޔާކުރި އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށެވެ.

މި ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ އެހީ ދީފައިވެ އެވެ.