އެންމެ ގިނަ ސްކޯ ދިމާކުރި ބައިވެރިންނަށް އޭވޮން އިން އިނާމު ދީފި
އެންމެ ގިނަ ސްކޯ ދިމާކުރި ބައިވެރިންނަށް އޭވޮން އިން އިނާމު ދީފި

ވޯލްޑް ކަޕަށް "މިހާރު" އިން ތައްޔާރުކުރި ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމުގެ އޭވޮންގެ ގްރޫޕުގައި އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރި ތިން ބައިވެރިން ހޮވައިފި އެވެ.

އެންމެ ގިނަ ސްކޯ ދިމާކުރި ބައިވެރިންނަށް އޭވޮން އިން އިނާމު ދީފި
އެންމެ ގިނަ ސްކޯ ދިމާކުރި ބައިވެރިންނަށް އޭވޮން އިން އިނާމު ދީފި

ފަރުނީޗަރު ވިއްކާ އޭވޮން ފިހާރައިން އެ ތިން ބައިވެރިނަށް ދިނީ އެ ފިހާރައިން ވިއްކާ އަގުހުރި ތަކެއްޗެވެ. އެއް ވަނަ އަށް ދިޔަ ބައިވެރިޔާ އަހުމަދަށް ކުއީން ސައިޒުގެ ބިއުޓީ ސްޓޯރެޖް އެނދަކާއި ފުލް މެމޮރީ ފޯމް ގޮދަޑިއެއް ވަނީ ދީފަ އެވެ.

އެންމެ ގިނަ ސްކޯ ދިމާކުރި ބައިވެރިންނަށް އޭވޮން އިން އިނާމު ދީފި
އެންމެ ގިނަ ސްކޯ ދިމާކުރި ބައިވެރިންނަށް އޭވޮން އިން އިނާމު ދީފި

ދެ ވަނަ އަށް ދިޔަ އައިހަމް އިބްރާހިމް އަށް ދީފައި ވަނީ ހޮލީވުޑް މިރާއެކެވެ. އަދި ތިން ވަނަ އަށް ދިޔަ އިބްރާހިމް ހާފިޒަށް ދިނީ ބިއުޓީ ސްޓޯރެޖް ބެންޗެކެވެ.

ސްކޯ ޕްރިޑިކްޓާގައި އޭވޮންއިން ހިންގި ގްރޫޕުގައި ގިނަ ބަޔަކު ބައިވެރިވެ ސްކޯ ޕްރިޑިކްޓު ކުރި އެވެ.

އޭވޮން އަކީ އަމިއްލަ ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ފަރުނީޗަރު ވިއްކާ އަމިއްލަ ދިވެހި ބްރޭންޑެކެވެ.