17 ޖެނުއަރީ 2023 - 11:57

ތިން ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަޅަން 501 މިލިއަން ރުފިޔާއަށް އެކި ކުންފުނިތަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހަވާލުކުރީ ޅ. ހިންނަވަރު އަދި ނ. ކެނދިކުޅުދޫގައި ކޮންޓްރްކެޓް ފައިނޭންސް އުސޫލުން ހޮސްޕިޓަލް ހަދާށެވެ.
ސަސް އީ ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ އެ ދެ ހޮސްޕިޓަލްގެ މަސައްކަތް ވެސް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
- ހޮސްޕިޓަލް ބައެއްގެ އިތުރުން އެކޮމޮޑޭޝަން އިމާރާތެއް ހަދާނެ
- މި މަސައްކަތަށް ހަރަދުކުރަނީ ބީއެމްއެލް އިން ދޫކުރާ 185،810،605ރ. ގެ ލޯނަކުން
- ހޮސްޕިޓަލް ބައެއްގެ އިތުރުން އެކޮމޮޑޭޝަން އިމާރާތެއް ހަދާނެ
- މި މަސައްކަތަށް ހަރަދުކުރަނީ ބީއެމްއެލް އިން ދޫކުރާ 193،895،234ރ. ގެ ލޯނަކުން
މިނިސްޓްރީން އިއްޔެ ވެސް ވަނީ ހއ. އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ހަދަން ހަވާލުކޮށްފަ އެވެ. އެކަމަކު، ކުރީގެ ދެ ހޮސްޕިޓަލަށް ވުރެ މި ފަހަރު ހަވާލުކުރި މަސައްކަތުގެ އަގު ކުޑަ އެވެ.
ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ޑުޕްލެކްސް ނަމަކަށް ކިޔާ ކުންފުންޏާ ހޮސްޕިޓަލް ހަދަން ހަވާލުކުރީ 123،303،792ރ. އަށެވެ.
އެއް ހިދުމަތްތަކެއް ލިބޭ އެ ހޮސްޕިޓަލް ނިންމަން ވެސް ދީފައިވަނީ 18 މަސް ދުވަހެވެ.
އެ ތިން ހޮސްޕިޓަލުގެ މަސައްކަތަށް 501 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.