ކަރީނާއާ ގުޅުން ކެނޑުނީ ފިލްމަކަށް މާބޮޑު އަގެއް ހުށަހެޅުމުން: ކަރަން ޖޯހަރް
ކަރީނާއާ ގުޅުން ކެނޑުނީ ފިލްމަކަށް މާބޮޑު އަގެއް ހުށަހެޅުމުން: ކަރަން ޖޯހަރް

ކަރަން ޖޯހަރްގެ އޮޓޯބައޮގްރަފީ "އެން އަންސޫޓެބަލް ބޯއި" ރިލީޒް ވެސް ނުކުރަނީސް އެ ފޮތާ ބެހޭ ވާހަކަތަކުގެ އަޑު އިންޑިއާގައި ވަނީ ވަރަށް ގަދަވެފަ އެވެ. އެ ފޮތުގައި ކަރަންގެ ހަޔާތުގެ މުހިއްމު ވާހަކަތަކެއް ތެދުބަހުން ކިޔާދީފައިވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މި ފޮތުގައި ޝާހްރުކް ޚާނާއި ކާޖޮލްއާ ޖެހުނު މައްސަލަތަކާއި ކަރީނާ ކަޕޫރާއި ކަރަންގެ މެދުގައި ހިނގި އަރާރުމުގެ ވާހަކަ ވެސް ތަފްސީލުކޮށް ގެނެސްދީފައިވެ އެވެ.

ކަރީނާއާ ގުޅުން ކެނޑުނީ ފިލްމަކަށް މާބޮޑު އަގެއް ހުށަހެޅުމުން: ކަރަން ޖޯހަރް
ކަރީނާއާ ގުޅުން ކެނޑުނީ ފިލްމަކަށް މާބޮޑު އަގެއް ހުށަހެޅުމުން: ކަރަން ޖޯހަރް

ކަރަން ބުނެފައި ވަނީ ކަރީނާއާ މައްސަލަ ޖެހުނީ ފިލްމެއް ކުޅުދޭން ހުށަހެޅި އަގު މާބޮޑުވެގެން ކަމަށެވެ. އެކަމަކު އެ މައްސަލައަށް ފަހު ކަރަން އާއި ކަރީނާއާ އަކީ އަނެއްކާވެސް "ބެސްޓް ފްރެންޑުން" ނެވެ.

ކަރަން ބުނީ ޖެނުނު މައްސަލާގައި ދެ މީހުން ވާހަކަ ނުދައްކާ އަހަރެއްހާ ދުވަހު ތިބި ކަމަށެވެ.

"ކަލް ހޯ ނަ ހޯ" ކުޅެދޭން 2002 ގައި ކަރީނާ އަށް ކަރަން ހުށަހެޅި އެވެ. އެ ފިލްމު ކުޅެދޭން އެއްބަސްވާނީ ފިލްމުގެ ބަތަލު ޝާހްރުކް ޚާނަށް ދޭ ވަރަށް ފައިސާ ދޭން އެއްބަސްވުމުން ކަމަށް ކަރީނާ އޭރު ބުނި ކަމަށްވެ އެވެ. ކަރަން އެކަމާ ހިތްހަމަނުޖެހި ފިލްމުގެ ބަތަލާއަކަށް ޕްރީތީ ޒިންޓާ ހަމަޖެއްސި އެވެ.

"އަހަރެންގެ މައްސަލައަކަށްވީ ކަރީނާ. އޭނާ މާގިނައިން ފައިސާ ދޭން ބުނީމަ އަހަރެމެން ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ. އެ ދުވަސްވަރު ކުނާލް ކޯލީ ޑައިރެކްޓްކުރި "މުޖްސޭ ދޯސްތީ ކަރޯގޭ" ރިލީޒްކުރީ ވެސް. ކަރީނާ ބުނި އަދިތުޔާ ޗޯޕްރާގެ އެސިސްޓެންޓް ކުނާލް ކޯލީ އުފެއްދި ފިލްމު ވެސް ވީ ފްލޮޕޭ، އެހެންވެ ކަރަން ޖޯހަރްގެ އެސިސްޓެންޓް ނިކިލް އަދުވާނީ ޑައިރެކްޓްކުރާ ފިލްމަކާ ދޭތެރޭ ވެސް އިތުބާރު ކުރެވޭކަށް ނެތޭ،" ކަރީނާއާ ޖެހުނު މައްސަލަތައް ކަރަން ކިޔައިދީފައިވެ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި އޭނާ ކަރީނާއަށް "ކަލް ހޯ ނަ ހޯ" ކުޅެދޭން ހުށަހެޅީ "މުޖްސޭ ދޯސްތީ ކަރޯގޭ" ރިލީޒްކުރިތާ ހަފުތާއެއް ވެސް ނުވަނީ ހެވެ. ކަރީނާ އެދުނީ ޝާހްރުކަށް ދޭ ވަރަށް އޭނާއަށް ވެސް ފައިސާ ދިނުމަށެވެ.

"އަހަރެން ބުނިން ސޮރީ އޭ. އަހަންނަށް ވަރަށް އަސަރުކުރި. އަހަރެން ބައްޕަ ގާތު ބުނިން އެތަނުން އަވަހަށް ހިނގާށޭ. ފަހުން އަހަރެން ގުޅީމަ ކަރީނާ ފޯނެއް ނުނެގި. އެހެންވެ އަހަރެން ބުނިން ފިލްމަށް ކަރީނާ ދެނެއް ނުލާނަމޭ"

"ދެން އަހަރެމެން ޕްރީތީ ލައްވާ އެ ފިލްމު ކުޅެން ސޮއި ކުރުވީ ކަރީނާގެ ބަދަލުގައި. އޭގެ ފަހަރުން އެއް އަހަރު ވަންދެން އަހަންނާއި ކަރީނާ ވާހަކަ ނުދައްކާ ތިބިން. އެ އަހަރު ތެރޭގައި ޕާޓީއަކުން ތަނަކުން ދެ މީހުން ދިމާވިޔަސް އެކަކު އަނެކަކު ނުފެންނަ ކަމަށް ހަދައިގެން ދަނީ. އެއީ ވަރަށް މޮޔަކޮށް ކުރެވުނުކަމެއް. ކަރީނާއަކީ އޭރު އަދި ކުޑަ ކުއްޖެއް. އަހަންނަށް ވުރެ ކޮންމެ ގޮތެއް ވިޔަސް އޭނާ 10 ވަރަކަށް އަހަރު ހަގު،" ކަރަން ލިޔެފައިވެ އެވެ.

މައްސަލަ ނިމުމަކަށް ގެނައީ ދެ މީހުން ވާހަކަ ނުދައްކާތާ އަހަރެއް ފަހުން ކަރީނާ އަމިއްލައަށް ކަރަން އަށް ގުޅައި ވާހަކަ ދެއްކުމުންނެވެ. އޭގެ ފަހުން ދެ މީހުންނަކީ އަނެއްކާވެސް ގާތް ދެ އެކުވެރިންނެވެ.

ކަރަން ބުނީ "ކަލް ހޯ ނަ ހޯ" ރިލީޒްކުރަން ތައްޔާރުވަމުން ދަނިކޮށް ބައްޕަ ބަލިވެގެން ނިއުޔޯކްގައި ފަރުވާ ހޯދަން ޖެހުނު ކަމަށާއި ކަރީނާ ގުޅީ ބައްޕަ ބަލިވެ އުޅޭކަން އެނގިގެން ކަމަށެވެ.

"ކަރީނާ ހުރީ ވަރަށް ދެރަވެފައިކަން އަޑުން ވެސް އެނގޭ. އަދި ނުގުޅާ ގިނަ ދުވަސްތަކެއް ވަންދެން ހުރެވުނީތީ މައާފަށް ވެސް އެދުނު،" ކަރަންގެ ފޮތުގައިވެ އެވެ.