13 ޖެނުއަރީ 2023 - 13:37

ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ބޭރަށް ދޫކޮށްލައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮލިދުއްފަރު ގޮނޑުދޮށް ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު، އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލާފައިވާ ކަމަށެވެ.
އެ ކިނބޫގެ ދިގު މިނުގައި 14 ފޫޓު ހުއްޓެވެ.
ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެ އެވެ. އާއްމުކޮށް އެތަކެތި ފެންނަނީ އެއް ދުވަސްވަރެއްގަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.