12 ޖެނުއަރީ 2023 - 17:21

މާލެ ސަރަހައްދުން މީހަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. މާއެނބޫދޫ ފަރިމާވިލާ ހަސަން ރަމީޒު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހޯދަން އިއުލާން ކުރީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ހުށަހެޅުމުންނެވެ. ފުލުހުންނަށް އެކަން އާއިލާއިން ރިޕޯޓްކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާކުރަން ފުލުހުން އެދެ އެވެ.
މީގެކުރިން ވެސް ބައެއް މީހުން ގެއްލިގެން ހޯދަން އިއުލާންކުރި އެވެ. ގިނަ މީހުން ފަހުން ވަނީ ފެނިފަ އެވެ.