އާސެނަލްގެ ސްޓޭޑިއަމްގައި ރާއްޖޭގެ ނަން
އާސެނަލްގެ ސްޓޭޑިއަމްގައި ރާއްޖޭގެ ނަން

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ކްލަބް، އާސެނަލްގެ ސްޓޭޑިއަމްގައި ރާއްޖޭގެ ނަން ޖަހައިފައިވާ ބިލްބޯޑެއް ހަރުކުރަން އެ ކްލަބުން އިއުލާންކޮށްފި އެވެ.

އާސެނަލްގެ ސްޓޭޑިއަމްގައި ރާއްޖޭގެ ނަން
އާސެނަލްގެ ސްޓޭޑިއަމްގައި ރާއްޖޭގެ ނަން

ލަންޑަންގައި ހުނަން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގެ ވަށައިގެން ހަރުކޮށްފައިވާ ބިލްބޯޑްތައް ބާ ވުމުން އެ އެއްޗިހި އާ ކުރަން އެ ކްލަބުން ނިންމައި ސްޓޭޑިއަމް ބޭރުގައި ދެން ހަރުކުރާ ބިލްބޯޑްތަކުގެ އާޓްވޯކް ޢޭ ކްލަބުން ވަނީ ދައްކާލައިފަ އެވެ.

މީގެ ކުރިން ސްޓޭޑިއަމްގެ ބޭރު ހާއްސަކޮށްފައި ވަނީ އެ ކްލަބްގެ ކުރީގެ ކުޅުންތެރިންނަށާއި ކްލަބްގެ ލެޖެންޑުންގެ ފޮޓޯތަކަށެވެ.

ފޭން ކްލަބްތަކަށް ހާއްސަކުރާ ބިލްބޯޑްގައި ރާއްޖޭގެ ނަން ޖަހަނީ އާސެނަލްގެ ރާއްޖޭގެ ސަޕޯޓަރުންގެ ގުރޫޕް ރަމުޒުވާ ގޮތަށެވެ. އާންމުކުރި ޑިޒައންތަކުގައި ރާއްޖޭގެ ނަން ޖަހައިފައި ވަނީ "އާސެނަލް މޯލްޑިވްސް" މިހެންނެވެ.

"ސްޓޭޑިއަމް ވަށައިގެން އަށް ޑިޒައިނެއް ބަހައްޓާ ގޮތަށް ނިންމީ އެގޮތުން ކްލަބްގެ ފޭން ކޮމިޔުނިޓީތަކަށް ވެސް އެއް ބިލްބޯޑް ހާއްސަ ކުރަން ނިންމީމަ، އަޅުގަނޑުމެން ޑިޒައިންކޮށްފަ ކްލަބަށް ފޮނުވީ،" 'އާސެނަލް މޯލްޑިވްސް' ގެ ސޯޝަލް މީޑީއާ ކޯޑިނޭޓާ އަހުމަދު ހުމައިދު ބުންޏެވެ.

ހުމައިދު ބުނީ ދެތިން ހަފުތާ ތެރޭގައި ބިލްބޯޑް ހަރުކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އެ މަސައްކަތް ނިމުނީމަ ސްޓޭޑިއަމްގެ ބޭރުން ރާއްޖޭގެ ނަން ފެންނަން ހުންނާނެ. ކްލަބްގެ ލޯގޯ މަތީގައި އިންނާނީ ރާއްޖޭގެ ނަން."

ރާއްޖޭގެ ނަމުގެ އާޓްވޯކް ޑިޒައިން ކުރީ އެ ކްލަބްގެ ރާއްޖޭގެ ސަޕޯޓަރެއް ކަމަށް ޔައީޝް މުހައްމަދު (ޔައިއްޓޭ) އެވެ. ޑިޒައިނިން މަސައްކަތް ކުރާ ޔައީޝް އަކީ "އާސެނަލް މޯލްޑިވްސް" ވެސް މެންބަރެކެވެ.