12 ޖެނުއަރީ 2023 - 12:47

ކުޅިވަރު ކުޅޭއިރު އަޅާ ހެދުން ވިއްކާ ޖާޒިއާގެ ޕްރޮޑަކްޝަން ހައުސްއެއް ރާއްޖޭގައި ހުޅުވައިފި އެވެ.

އެ ޕްރޮޑަކްޝަން ހައުސް ހުޅުވުމާ ގުޅިގެން ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ ގޮތުން ޖާޒިއާ ފިހާރަ ވެސް ވަނީ އެ ތަނަށް ބަދަލުކޮށްފަ އެވެ. އެ ޕްރޮޑަކްޝަން ހައުސް ހުޅުވީ ޖަނަވަރީ ހިނގުމުގައި ދަރުބާރުގެ ކައިރީގަ އެވެ.

އެ ޕްރޮޑަކްޝަން ހައުސް ހުޅުވީ ސްވިފްޓް ގާމެންޓްސްއާ އެކު އެވެ.

ޖާޒިއާ ފިހާރައިން ބުނި ގޮތުގައި އެ ފިހާރައިގެ ޕްރޮޑަކްޝަން ހައުސް މާލޭގައި ހުޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ މަގެއް ހޯދައިދީ، ކޮލިޓީ ރަނގަޅު ހިދުމަތްތާއި ޕްރޮޑަކްޓު އަވަހަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.
އެ ފިހާރައިން މީގެ ކުރިން ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުން އައީ ލަންކާގައި ހުރި ޕްރޮޑަކްޝަން ހައުސްއިންނެވެ. މާލޭގައި އެ ފިހާރައިގެ ޕްރޮޑަކްޝަން ހައުސްއެއް ހުޅުވީ ލަންކާގެ މާލީ ހާލަތު ގޯސްވެ، އެ ގައުމުގައި ތަކެތި އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެ، ކަސްޓަމަރުން ބޭނުންވާ ވަގުތަށް ތަކެތި ފޯރުކޮށްދިނުމަށް ދަތިވުމުން ކަމަށް ޖާޒިއާއިން ބުންޏެވެ. އަދި އާންމުކޮށް ލިބޭ އޯޑަރުތަކަކީ ވަރަށް ކުރު މުއްދަތެއްގެތެރޭގައި ނިންމަން ޖެހޭ އޯޑަރުތަކަށް ވުމުން މާލޭގައި ޕްރޮޑަކްޝަން ހައުސްއެއް ހުރުން މުހިންމު ކަމަށް ވެސް ބުންޏެވެ.
ޖާޒިއާއިން ބުނި ގޮތުގައި ކުޅިވަރާ ގުޅުން ހުރި ތަކެތި ކަސްޓަމަރުންނަށް އެއް ތަނަކުން ފޯރުކޮށްދިނުމަށް އޮންލައިން ވިޔަފާރި ސްޓްރައިކް ޒޯނާ އެކު ވަނީ ޕާޓްނާޝިޕެއް ވެސް ހަދައިފަ އެވެ. އެ ޕާޓްނާޝިޕުގެ ދަށުން ސްޓްރައިކް ޒޯނުގެ ބޫޓު އެ ފިހާރައިން ލިބޭނެ އެވެ.
ޖާޒިއާ ފިހާރަ އަކީ ސޯޝަލް މީޑިއާ އާއި އޮންލައިން ވެބްސައިޓުން ފެށި އޮންލައިން ވިޔަފާރި އެވެ. އެ ވިޔަފާރީގެ ފިހާރަ ފުރަތަމަ ހުޅުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޖާޒިއާ ފިހާރައިން ޖާޒީ އާއި ޓްރެކް ޕޭންޓްސް އަދި އިސްޓާކީނާއި އަވިއައިނު ލިބޭނެ އެވެ. އެ ތަނުން ވިއްކާ ކުޅިވަރު ހެދުމަކީ ފެންވަރު ރަނގަޅު ޓެކްނޯ މެޓީރިއަލްއިން ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. އެ މެޓީރިއަލް އަކީ ކުޅިވަރު ކުޅުމުގެ އެންމެ ފުރިހަމަ ޕާފޯމަންސް ދެއްކުމަށް އެހީތެރިވެދޭނެ އެއްޗެއް ކަމަށް އެ ފިހާރައިން ބުނެ އެވެ. އެ ފިހާރައިން ބުނި ގޮތުގައި ފާއިތުވި ގޯލްޑަން ފުޓްސަލް ކަޕާއި ސީއެމްސީގެ ޗެމްޕިއަން ޓީމަކީ ވެސް އެ ފިހާރައިގެ ޖާޒީގައި ކުޅުނު ދެ ޓީމެވެ.
އެ ފިހާރައިގެ އެމްބެސެޑަރުންނަކީ މަޝްހޫރު ފްރީސްޓައިލާ މުހައްމަދު ސައިފް ޒާހިރާއި، މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އާއި ނެޝަނަލް ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް އެވެ.