ރައީސްގެ ރައްދު: ތިން ވަނަ ދައުރެއް ބޭނުމެއް ނޫން، ބަރުލަމާނީގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ
ރައީސްގެ ރައްދު: ތިން ވަނަ ދައުރެއް ބޭނުމެއް ނޫން، ބަރުލަމާނީގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ

ގާނޫނުއަސާސީ ބަދަލު ކޮށްގެން ތިން ވަނަ ދައުރެއްގައި ވެސް ވެރިކަން ނުކުރައްވާނެ ކަމަށާއި އަދި ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރައްދު: ތިން ވަނަ ދައުރެއް ބޭނުމެއް ނޫން، ބަރުލަމާނީގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ
ރައީސްގެ ރައްދު: ތިން ވަނަ ދައުރެއް ބޭނުމެއް ނޫން، ބަރުލަމާނީގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސަށް ހުޅުމާލެ އިން ތާއީދުކުރާ ކެމްޕެއިން ގުރޫޕްތަކާއެކު ބްރައިޓްވޭ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި އެހެން ވިދާޅުވީ، ވާދަވެރި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ރައީސްގެ ރައްދު: ތިން ވަނަ ދައުރެއް ބޭނުމެއް ނޫން، ބަރުލަމާނީގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ
ރައީސްގެ ރައްދު: ތިން ވަނަ ދައުރެއް ބޭނުމެއް ނޫން، ބަރުލަމާނީގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ

ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، މި ދައުރު އެކީ ނިންމަވައި އަނެއްކާ އެހެން ދައުރެއްގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން އަންނަ އިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވިގޮތުގައި ތިން ވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.

ނަމަވެސް ނަޝީދުގެ ނަން ވިދާޅުނުވެ، މީޑިއާގައި މިއަދު ހުރި ސިޔާސީ ސުރުހީތަކަށް އިޝާރާތް ކުރައްވައި ވަރަށް ސާފުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރިޔާސީ ތިންވަނަ ދައުރެއް އަދި ބަރުލަމާނީ ނިޒާމުގެ ތެރޭގައި ވެސް ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. އެހެންވެ، ރިޔާސީ އިންތިހާބަކަށް ކުރިމަތިލައިގެން މި ހުރީ. ބަރުލަމާނީ ނިޒާމަށް އަޅުގަނޑު ތާއީދު ކުރާ ނަމަ އަޅުގަނޑު ރިޔާސީ އިންތިހާބަކަށް ކުރިމައްޗެއް ނުލީސް. އެހެންވީމާ ތިބޭފުޅުން ކުރިއަށް މި އޮތް ޕްރައިމަރީގައި ވަރަށް ފުންކޮށް ވިސްނަވާފައި ވޯޓު ދެއްވަން ވާނީ،" މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ކޮށްގެން ވެރިކަމަށް ވަޑައިނުގެންނެވިގެން އުޅުއްވަނީ ކޮން ބޭފުޅެއް ކަން އެންމެންނަށް ވެސް ސާފުވާ ކަމަށެވެ.

"ކާކުތޯ ގާނޫނުއަސާސީ ބަދަލު ކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން ވެރިކަން ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމް ބަދަލުކޮށްގެން ވެސް ގާނޫނުއަސާސީ ބަދަލުކޮށްގެން ވެސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްތޯ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު ކަމަށާއި އެ އަށް ވުރެ އިތުރަށް ކުރިމަތިލާން ގަސްދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށެވެ. އެ މައްސަލަ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅަން ނަޝީދު ނިންމާފައި ވަނިކޮށް ފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު މި ވަގުތަށް މަޑު ޖައްސާލަން ނިންމަވައިފަ އެވެ.

އޭގެ ފަހުން މިއީ އެ ނިޒާމާ ސީދާ ދެކޮޅު ކަމާއި އެ ނިޒާމުގައި ވެރިކަމުގެ ތެރޭގައި ނޫޅުއްވާނެކަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވީ ވެސް އަދި ވެރިކަމުން ބާލުވާނީ ވެސް އެ މަނިކުފާނު ކަމަށް ނަޝީދު މިއަދު ވިދާޅުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އަށް މިރޭ ޖަވާބު ދެއްވި އެވެ.

ރައީސް ވިދާޅުވީ މީހުން ވެރިކަމަށް ގެނައުމާއި ބޭލުވުމަކީ އިންސާނުންގެ އަތްމަތީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނު މިހާރު ހުންނެވި މަގާމަށް ވަޑައިގެންނެވުނީ ވެސް ދެމި ހުންނެވެނީ ވެސް އެންމެ މީހެއްގެ ތާއީދު ލިބިގެން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ﷲ އިރާދަފުޅުން ތި ހުރިހާ ބޭފުޅުންގެ ތާއީދާއި އިތުބާރާއި އެއްބާރުލުމާއެކީގައި އަޅުގަނޑު މި ހުރީ ވެރިކަމުގައި،" ރައީސް ވިދާޅުވި އެވެ.