ބީއެމްއެލްގެ އެމްޑީ އަކަށް ކާލް ސްޓުމްކަ
ބީއެމްއެލްގެ އެމްޑީ އަކަށް ކާލް ސްޓުމްކަ

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ބޭންކުގެ މިހާރުގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ހަމަޖައްސައިފި އެވެ.

އޭނާ ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ސަރުކާރުން މިއަދު ވަނީ ކާލް ބީއެމްއެލް ބޯޑަށް އައްޔަންކޮށްފަ އެވެ.

އޭނާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ އަށް ފަހު، މިއަދު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގަ އެވެ.

ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން ކާލް ވަނީ މެދުއިރުމައްޗާއި އެފްރިކާ އާއި އޭޝިއާގެ ބައެއް ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލާއި ކޯޕަރޭޓް ބޭންކުތަކުގެ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 36 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ. އަލް އަހްލީ ބޭންކް އޮފް ކުވައިތާ، ކާލް ގުޅިވަޑައިގަތީ 2010 ވަނަ އަހަރު އެވެ.