09 ޖެނުއަރީ 2023 - 13:23

މިޔުޒިކް ސްޓްރީމްކުރަން ހާއްސަކޮށް "އުރީދޫ ބީޓްސް"ގެ ނަމުގައި އުރީދޫއިން ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ،
އެ ޕެކްތައް މެދުވެރިކޮށް ދިވެހިން އާއްމުކޮށް މިޔުޒިިކް ސްޓްރީމް ކުރުމަށް ބޭނުން ކުރާ އެޕްލިކޭޝަންތައް ކަމަށްވާ ސައުންޑްކްލައުޑް، އެޕަލް މިއުޒިކް އަދި ސްޕޮޓިފައި އިން ސްޓްރީމް ކުރެވޭނެ އެވެ.
އުރީދޫއިން ތައާރަފު ކުރި އެ ޕެކުތަކުން 100ޖީބީއާ ހަމައަށް މިޔުޒިކް ސްޓްރީމް ކުރުމަށް ޑޭޓާ ލިބޭނެ އެވެ. އެ ޕެކްތަކުގައި ހިމެނެނީ 250ރ. ގެ 15 ދުވަހަށް ބޭނުން ކުރެވޭނެ ޕެކަކާއި 350ރ. ގެ 30 ދުވަހުގެ ޕެކެކެވެ.
އުރީދޫއިން ބުނި ގޮތުގައި އެ ފަދަ ޑޭޓާ ޕެކުތަކެއް ތައާރަފު ކުރީ ގިނަ ވަގުތު މިއުޒިކް ސްޓްރީމްކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް އެކަމަށް ވަކިން ޑޭޓާ ފޯރުކޮށްދިނުމަށެވެ.
އުރީދޫއިން މިހާރުވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެކި އެޕްތަކަށް އެޑް އޮންތަކުގެ ގޮތުގަ އާއި ވަކި ޑޭޓާ ޕެކްތަކުގެ ގޮތުގައި ޑޭޓާ ދަނީ ދެމުންނެވެ. އޭގެ ތެރޭގައި ފޭސްބުކާއި، ސްނެޕްޗެޓް އަދި ޓިކްޓޮކް ހިމެނެ އެވެ.