ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

މާލޭގެ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް ރޯވެ މުޅި ސަރަހައްދު އަނދައި ހުލިވެއްޖެ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

ފުލުހުންނަށް އެ ހާދިސާގެ މައުލޫމާތު ލިބުނީ 5:49 ހާއިރެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

ދެ ފަޅިން ބޮޑު ސަރަހައްދެއް ނިއްވާލާފައިވާ އިރު މެދުތެރެއިން އަދިވެސް އަނދަމުން އެބަދެ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި ލަކުޑި އާއި ދަގަނޑާއި ޕްލާސްޓިކްގެ ގިނަ ބާވަތްތައް ގިނަ އަދަދަކަށް ވިއްކަ އެވެ. އެ ތަކެތީގައި ހުޅު ހިފައި މުޅި ސަރަހައްދުގައި ވަނީ ދުންބޯވެފަ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

އަލިފާން ނިއްވާލީ ވެލާނާ އެއާޕޯޓުގެ ފޯމު ވެހިކަލް ގެނެސްގެންނެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

އެތަނުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްތައް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ އެތަނުގައި ރޯވި އިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެ އެވެ. އަނެއް ބަޔަކު ތިބީ ޑިއުޓީގަ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

ނީލަން ފިހާރައިގައި ރޯވިކަން އެނގުމާ އެކު އެ އެންމެން ވަނީ އެ ތަނުން ނެރެފަ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި ނީލަން ފިހާރައިގައި ރޯވީ އެއްޗެއް ގޮވައި ބާރު އަޑަކާ އެކުގަ އެވެ. އެތަނުގައި ރޯވުމާ އެކު ފީފާއެއްގެ މަތިގަނޑެއް ކަހަލަ އެއްޗެއް ވަރަށް ބާރަށް ވިއްސައިގެން ދިޔަ ކަމަށް ވެ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

އަލިފާނުގެ ހާދިސާއާ ގުޅިގެން އަނިޔާއެއްވި ކަމުގެ ރިޕޯޓެއް މިހާތަނަކަށް ނެތެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

ދުންބޯވެ އާއްމުންނަށް ދަތިވެފައިވާތީ އެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފަ އެވެ. އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ސެޝަންގެ ކިޔެވުމެއް ނެތެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

އެތަން ނިއްވާލުމަށް ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތަކެއް ވަނީ އާއްމު ދަތުރުފަތުރަށް ބަންދުކޮށްފަ އެވެ. ދުމުގެ އަސަރުކުރާ ގެތަކުގެ މީހުން، ދުމުން ރައްކާތެރިވުމަށް މާސްކް އެޅުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ނީލަން ފިހާރަ އަނދައި ހުލިވެއްޖެ
ނީލަން ފިހާރަ އަނދައި ހުލިވެއްޖެ

ނީލަން ފިހާރައާ ޖެހިގެން ހުރި ތިން އެކޮމަޑޭޝަން ބްލޮކުގައި ތިބި ބިދޭސީ މުވައްޒަފުން ވަނީ މި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފަ އެވެ. އަލިފާން ރޯވި އިރު ނިދާފައި ތިބި މީހުން ނެރުނީ، ފަތިސް ނަމާދަށް ދިޔަ ބިދޭސީންތަކަކަށް އެ ވަގުތު އާދެވުމުންނެވެ.

އެ އިމާރާތާ ހަމައަށް އަލިފާނުގެ އަސަރުކުރުމުގެ ކުރިން ބައެއް އަންނައުނާއި އެހެން ސާމާނުތައް ކޮންމެވެސް ވަރަކަށް ނެރުނެވެ.

އެ އެންމެން އިމާދުއްދީން ސްކޫލުގައި މިހާރު ތިބިއިރު، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

ނީލަން ފިހާރައިގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދާފައި ވެ އެވެ.

މި ފަހަރުގެ އަލިފާނުގެ ހާދިސާގައި ވެސް އެ ތަން ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މިދިޔަ ހަފުތާ އިން ފެށިގެން އަލިފާނުގެ އެކި ހާދިސާތައް ހިނގަމުދާކަން ފާހަގަކުރެވެ އެވެ. ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ރޭ ވަރަށް ބޮޑަށް ރޯވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ ރ. އަލިފުށީގެ ކުނިކޮށީގައި ހުރި ފައިބަރުތަކެއްގައި ރޯވެފަ އެވެ. ފިޔޯރީ ސްކޫލުގައި ރޯވި އިމާރާތުގައި ކުދިން ކިޔަވާ ކްލާސްތަކެއް ވެސް ހިންގަ އެވެ. އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އާއްމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.