އޯގަ އާޓް ރިސޯޓު ރަސްމީކޮށް ހުޅުވައިފި
އޯގަ އާޓް ރިސޯޓު ރަސްމީކޮށް ހުޅުވައިފި

ރާއްޖޭގައި ތަފާތު ކޮންސެޕްޓަކަށް ހެދި އޯގަ އާޓް ރިސޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.

އޯގަ އާޓް ރިސޯޓު ރަސްމީކޮށް ހުޅުވައިފި
އޯގަ އާޓް ރިސޯޓު ރަސްމީކޮށް ހުޅުވައިފި

މާލެ އަތޮޅުގައި ހެދި އެ ރިސޯޓު އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗެއްގައި 45 މިނިޓުން ދެވޭ ހިސާބުގަ އެވެ.

އޯގަ ރިސޯޓަކީ ހިތްފަސޭހަ އަދި ޕްރައިވެސީ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ގޮތަށް ބީޗްގައި ހަދާފައިވާ ކޮޓަރިތަކާއި ވޯޓަ ވިލާތަކުގެ 60 ތަން ހުންނަ ތަނެކެވެ.

ކެއުންބުއިމުގެ ހިދުމަތް ދޭ ހަތަރު ތަނަކާއި ދިވެހި ސަގާފަތާ ގުޅުވައިގެން ހަދާފައިވާ ސްޕާއެއް ވެސް ހުރެ އެވެ. އެ ރިސޯޓުގައި ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އާޓިސްޓުންނާއި މަސައްކަތްތެރިންގެ ތަޖުރިބާ ހިއްސާކޮށްލެވޭނެ ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް ރިސޯޓުގެ މެނޭޖުމަންޓުން ބުންޏެވެ.

އޯގަ ރިސޯޓު ހުޅުވި އިރު މި މަހުގެ ފަހު ކޮޅު މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މ. އަތޮޅުގައި ހުޅުވާ ރިސޯޓެކެވެ.