07 ޖެނުއަރީ 2023 - 13:43

ވާޖިނިއާ (ޖެނުއަރީ 7) - އެމެރިކާގެ ވާޖިނިއާގެ ޕްރައިމަރީ ސްކޫލެއްގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ޓީޗަރަށް ބަޑިން ހަމަލާ ދީފި އެވެ.
ވާޖިނިއާގެ ޗީފް ޕޮލިސް ސްޓީވް ޑްރޫ ވިދާޅުވީ، އެ ކުއްޖާ ހަމަލާ ދީފައިވާ ޓީޗަރުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
"އުމުރުން 30 އަހަރުގެ އަންހެން ޓީޗަރަށް ހަމަލާ ދިނީ ކްލާސް ތެރެއިން. މިއީ އެކްސިޑެންޓަކުން ހިނގި ކަމެއް ނޫން،" ޑުރޫ ވިދާޅުވި އެވެ.
އެ ހަމަލާ ދިން ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ޑްރޫ ވިދާޅުވީ، އެ ކުއްޖާގެ މައްސަލައިގެ ތަހުގީގު، ކޮމިއުނިޓީގެ ވަކީލުގެ ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ.
ވާޖިނިއާގެ ރިޗްނެކް އިލެމެންޓްރީ ސްކޫލުގައި ކިޔަވަމުން އަންނަ އެ ކުއްޖާއާ މެދު ހިތްހަމަނުޖެހިގެން ކްލާސް ތެރޭގައި ޓީޗަރު އޭނާ ދިމާ އަށް އެއްޗެއް ބުނި ކަމަށް ޑްރޫ ވިދާޅުވި އެވެ.
އެ ހަމަލާ ދިނުމުގައި އެހެން ދަރިވަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.