ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

ސްޓެލްކޯއިން މިއަހަރު ހެދި އަހަރީ ކަލަންޑަރު ތަފާތު ވާ ސަބަބަކީ މިއެވެ؛ އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ބައެއް ދަރިވަރުން ކުރާހާފައިވާ ކުރެހުންތަކާއި އެ ކުދިންގެ ހުނަރު ފެންނާނެ ކުރެހުންތައް ކަލަންޑަރުގައި ހިމަނާފައި ވާތީ އެވެ. ހުނަރުވެރި ނަމަވެސް، އެ ހުނަރު ދެއްކޭނެ މާ ގިނަ ފުރުސަތެއް ނުލިބިފައި ތިބި ދަރިވަރުންނަށް މިއީ ރަނގަޅު ފުރުސަތެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

މި ކަލަންޑަރުން އިމާދުއްދީން ސްކޫލުގެ ސްޕެޝަން އެޑިއުކޭޝަނަލް ނީޑްސް (ސެން) ގައި ކިޔަވަމުން އަންނަ 12 ދަރިވަރެއްގެ ކުރެހުން ފެންނާނެ އެވެ. ކޮންމެ މަހެއްގެ ގަނޑެއްގައި ވެސް އާ ކުރެހުމެއް ހިމަނާފައިވަނީ، އެ ކުރެހުމަކާ ގުޅޭ މެސެޖަކާއެކުގަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު ވިދާޅުވީ އެ ކުންފުނީގެ މިއަހަރުގެ ކަލަންޑަރު ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ކުރީ، އެ ކުދިންގެ ހުނަރު ވީހާ ވެސް ގިނަ ބަޔަކަށް ދެއްކުމުގެ މަގުސަދުގައި ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

"އަޅުގަނޑުމެންގެ ކަލަންޑަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާނެ އެއްޗެހި. މީގެ އިތުރުން މިނިސްޓްރީތަކާއި މުއައްސަސާތަކަށް ވެސް ފޮނުވާނެ. އެހެންކަމުން ގިނަ ބަޔަކަށް ފެނިގެންދާނެ އެ ދަރިވަރުންގެ ހުނަރުތައް،" ނާޒިރު ވިދާޅުވި އެެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

ސްޓެލްކޯގެ ކަލަންޑަރުގައި ހިމަނާފައިވާ ކުރެހުންތައް ކުރަހާފައިވާ ދަރިވަރުންނަށް މިއަދު ވަނީ އެކަން އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ވެސް ދީފަ އެވެ. އިމާދުއްދީން ސްކޫލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރު ވަނީ، އެ ދަރިވަރުން ތައުލީމު ހާސިލްކުރާ މަރުކަޒަށް މިވަގުތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން އިއުލާންކުރައްވާފައިކަމަށް ނާޒިރު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

"އެމްޑީ ވިދާޅުވީ، އެ ދަރިވަރުން ކިޔަވާ މަރުކަޒުގައި ހެއްލާ އުނދޯލިތަކެއް ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް. އެއީ އެ ދަރިވަރުންނަށް އެއިން ވެސް ރަނގަޅު އަސަރުތަކެއް ކުރޭ،" ނާޒިރު ވިދާޅުވި އެވެ.

އެ ދަރިވަރުންގެ ކުރެހުންތަކުގެ ތެރޭގައި، ކޮޓަރި ތެރޭގައި ލެޕްޓޮޕާ ކުޅެން އިންނަ ކުރެހުމާއި ދަރިވަރެއްގެ ހުވަފެނީ ދުނިޔެ ސިފަކޮށްދީފައިވާ ކުރެހުމެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެ ދަރިވަރުންގެ ބަގީޗާ ފަދަ ކުރެހުންތައް ސްޓެލްކޯގެ ކަލަންޑަރުން ފެންނާނެ އެވެ.

"ކަލަންޑަރުގައި ހިމަނާލަން ވަރަށް ހިތްގައިމު ފޮޓޯތަކެއް މިއީ. ހުނަރުވެރި މޮޅު ދަރިވަރުންތަކެއް އެއީ،" ނާޒިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ، އެ ކުދިންގެ ހުނަރު އަޅުގަނޑުމެން ބަލައިގެންފީމޭ. ދެން އާއްމުން ވެސް އެ ހުނަރުތައް ބަލައިގަންނާށޭ. އެއީ މުޖުތަމައުގެ ލޯތްބާއި ހާއްސަ އެހީ ބޭނުންވެފައި ތިބި ކުދިންނޭ،" ނާޒިރު ވިދާޅުވި އެވެ.