ހުޅުމާލޭގައި ކުނިތަކެއްގައި ރޯވެ، މުޅި ސަރަހައްދު ދުން ބޯވެފައި
ހުޅުމާލޭގައި ކުނިތަކެއްގައި ރޯވެ، މުޅި ސަރަހައްދު ދުން ބޯވެފައި

ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް އަރާ ބްރިޖު ކައިރިން ކުނިތަކެއްގައި ރޯވެ، މުޅި އެ ސަރަހައްދުގައި ދުން ބޯވެއްޖެ އެވެ.

ހުޅުމާލޭގައި ކުނިތަކެއްގައި ރޯވެ، މުޅި ސަރަހައްދު ދުން ބޯވެފައި
ހުޅުމާލޭގައި ކުނިތަކެއްގައި ރޯވެ، މުޅި ސަރަހައްދު ދުން ބޯވެފައި

މިފަހުން ހޯކްސް ކުންފުނިން ހުޅުވި ޕެޓްރޯލް ޝެޑްގެ ކުރިމަތީގައި ހުރި ބޮޑު ކުނި ފުންޏެއްގައި އަލިފާން ރޯވެފައި ވަނީ މެންދުރު 12 ހާއިރުގަ އެވެ. އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގެ އެވެ.

އޭރުއްސުރެ އެތަނަށް ފެން ޖެހުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ކުރަމުން އަންނައިރު އަދިވެސް އެތަނުން ވަރަށް ބޮޑަށް ދުން އަރަމުންދާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުންގަނޑު ފެތުރިފައިވާއިރު އެތަނުގެ ކައިރީގައި ހުންނަ އެމްއޭސީއެލްގެ ޓަވަރުގެ ގްރައުންޑް ފްލޯ ވެސް އޮތީ ވަރަށް ބޮޑަށް ދުންބޯވެފަ އެވެ.