05 ޖެނުއަރީ 2023 - 21:09

ހުޅުމާލޭގައި ބަޔަކު ބަނގުރާ ކޭސްތަކެއް ހިފައިގެން ދަނިކޮށް އެކްސިޑެންޓްވުމުން އެ ތަކެތި މަގުމައްޗަށް ދޫކޮށްލާފައި ފިލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ މަގެއްގެ މަތިން މިއަދު ހަވީރު ބަނގުރާ ކޭސްތަކެއް ހިފައިގެން ސައިކަލުގައި ދިޔަ ދެ މީހަކު އެކްސިޑެންޓްވީ ފުލުހުން ފެނުމުން ފިލަންވެގެން އުޅުމުގެ ތެރޭގައި، ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވުމުން ސައިކަލުގައި ތިބި ދެ މީހުން އެ ތަކެތި މަގުމައްޗަށް ދޫކޮށްލާފައި ފިލާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.