މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދަން ސިޓީ ކައުންސިލުން ހުކުރު ދުވަހު ޓެލެތޯނެއް ފަށަނީ
މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދަން ސިޓީ ކައުންސިލުން ހުކުރު ދުވަހު ޓެލެތޯނެއް ފަށަނީ

ރޯދަ މަހަށް މާލޭގެ ހުރިހާ މިސްކިތްތަކެއް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އަންނަ ހަފުތާ ބަންދުގައި ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.

މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދަން ސިޓީ ކައުންސިލުން ހުކުރު ދުވަހު ޓެލެތޯނެއް ފަށަނީ
މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދަން ސިޓީ ކައުންސިލުން ހުކުރު ދުވަހު ޓެލެތޯނެއް ފަށަނީ

މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ބުނީ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ހަރަކާތެއް ބާއްވަން ޖެހުނީ ސަރުކާރުން މިސްކިތްތައް ކައުންސިލާ ހަވާލުކުރިއިރުގައި އެ މަސައްކަތްކުރަން އެއްވެސް ބަޖެޓެއް ދީފައި ނުވާތީ ކަމަށެވެ.

"އެހެންކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވެ އެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން މި ޓެލެތޯން އިން ލިބޭ ފައިސާއިން މިސްކިތްތަކުގައި ކުރަން ޖެހޭ މަރާމާތުތައް ކުރެވޭނެ އެވެ. އަދި މި ޓެލެތޯން ބާއްވަނީ އާންމުންނާއި ވިޔަފާރިވެރިންގެ އެހީއާއެކު މިސްކިތްތައް މަރާމާތުކުރުމަށް ކަމަށް ވެސް ބުންޏެވެ.

އެ ޓެލެތޯން ދައްކާނީ ޗެނަލް13 އިން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެ ޓެލެތޯން ދެއްކުމަށް އެހެން ޗެނަލްތަކާ އެކު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ބުންޏެވެ.

މިވަގުތު މާލޭ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގެ 34 މިސްކިތެއް ބަލަހައްޓަ އެވެ.