ދެއްވަދޫން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ، މަރުވެފައި އޮއްވާ ފެނިއްޖެ
ދެއްވަދޫން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ، މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. ދެއްވަދޫން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހަކު، މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެއްވަދޫ ކައިރި ފަރަކަށް ފޭބި ފަހުން 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޯދަމުން ދަނިކޮށް ފެނުނީ ދެއްވަދޫއާ އެއް މޭލު ބޭރުންނެވެ.

އެ ރަށު ސިއްހީ މަރުކަޒަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ އާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.