03 ޖެނުއަރީ 2023 - 11:55

ބެއިޖިން (ޖެނުއަރީ 4) - ޑިސެމްބަރު މަހު އެކަނި ވެސް ޗައިނާގައި 250 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.
އެ މައުލޫމާތުތައް މީޑީއާ އަށް ތިލަވީ ޗައިނާ ގައުމީ ހެލްތު ކޮމިޝަންގެ ސިއްރު ބައްދަލުވުމެއްގައި އެ އަދަދުތަކާ ބެހޭގޮތުން ކުރި މަޝްވަރާތަކުގެ ނޯޓްތައް ލީކުވުމުންނެވެ.
ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގެ ނޯޓްތަކުގެ ކޮޕީތައް ކަމަށް ބުނެ ޗައިނާގެ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި އެ ފޮޓޯތައް ވައިރަލްވި އެވެ.
ހެލްތު ކޮމިޝަނުން ވެސް އަދި ޗައިނާގެ ސަރުކާރުގެ އެހެން އިދާރާއަކުން ވެސް އެ ނޯޓްތަކުގެ ހަގީގަތާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އެ ނޯޓްތަކުގައި ވާ ގޮތުން ޑިސެމްބަރު 20 ހަމައަށް އެކަނި ވެސް 250 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ.
މި މައުލޫމާތުތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ފައިިނޭންޝިއަލް ޓައިމްސްއިން ބުނީ ހެލްތު ކޮމިޝަންގެ ސިއްރު ބައްދަލުވުމުގައި އެ އަދަދުތައް ހިއްސާ ކުރީ ޗައިނާ ޑިޒީޒް ކޮންޓްރޯލް ސެންޓަރުގެ ޑެޕިޔުޓީ ޑައރެކްޓާ ސަން ޔަންގް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ޗައިނާއިން 37 މިލިއަން މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ޗައިނާ ސަރުކާރުގެ ރަސްމީ އަދަދުތަކުން އެ ދުވަހު ކޮވިޑް ޖެހުނީ 3،049 މީހުންނަށެވެ.
ކޮވިޑްގެ މައުލޫމާތުތައް ޗައިނާއިން އޮޅުވާލަމުންދާ ކަމަށް މީގެ ކުރިން ވެސް ޗައިނާ ސަރުކާރުގެ މައްޗަށް ތުހުމަތު ކޮށްފައި ވެއެވެ.