އިދިކޮޅު ކޯލިޝަންގެ އެއްވުމުން ޝުޖާއުއާއެކު ފަސް މީހަކު ހައްޔަރުކޮށްފި
އިދިކޮޅު ކޯލިޝަންގެ އެއްވުމުން ޝުޖާއުއާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބޭއްވި އެއްވުމުން، ހުޅުމާލެ ދާއިރާގެ ކައުންސެލަރު އިބްރާހިމް ޝުޖާއުއާ އެކު ހަ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ އެއްވުމުން ޝުޖާއުއާއެކު ފަސް މީހަކު ހައްޔަރުކޮށްފި
އިދިކޮޅު ކޯލިޝަންގެ އެއްވުމުން ޝުޖާއުއާއެކު ފަސް މީހަކު ހައްޔަރުކޮށްފި

މަޖީދީ މަގު ސޯސަން މަގު ސަރަހައްދުގައި ބޭއްވި އެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން ވަނީ، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އެ ކޯލިޝަންގެ ލީޑަރު ޔާމީން ދޫކޮށްލަން ގޮވާލައިފަ އެވެ.

އެ ކޯލިޝަންގެ އިސްވެރިން ވެސް ބައިވެރިވެޑައިގެންނެވި އެއްވުމުގައި ޕީއެންސީގެ ނައިބު ރައީސް ޝުޖާއުގެ އިތުރުން ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އޭގެ އިތުރުން ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގެ އަޑު އެހުމެއް ވެސް މާދަމާ އަށް ކޯޓުން ތާވަލްކޮށްފައިވެ އެވެ.

ޔާމީނަށް ހުކުމް ކުރުމާއެކު، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުން އެ މަނިކުފާނަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.