މާލޭ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ؛ އީޕީއޭއިން މައްސަލަ ބަލަނީ
މާލޭ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ؛ އީޕީއޭއިން މައްސަލަ ބަލަނީ

މާލޭގެ ރަސްމީ ފަލާމާ ދިމާލުން ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި އޮތް މައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭއިން މިއަދު ބުނެފި އެވެ.

މާލޭ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ؛ އީޕީއޭއިން މައްސަލަ ބަލަނީ
މާލޭ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ؛ އީޕީއޭއިން މައްސަލަ ބަލަނީ

ފަޅުތެރެއަށް އެޅިފައި އޮތް ތެޔޮތައް ސާފުކުރުމުގެ މަސައްކަތް އިއްޔެ ފެށިގެން ގޯސްޓް ގާޑުން އަންނަނީ ކުރަމުންނެވެ.

މާލޭ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ؛ އީޕީއޭއިން މައްސަލަ ބަލަނީ
މާލޭ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ؛ އީޕީއޭއިން މައްސަލަ ބަލަނީ

އެމްއެންޑީއެފުން މިއަދު ބުނީ ފަޅުތެރެއަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައި ހުރި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެތަން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 400 ލީޓަރުގެ ތެޔޮ ނަގާފައިވާ ވެސް ސިފައިން ބުންޏެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ މާލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅުނީ ކިހިނެއްތޯއާ އެއީ ކޮން ބައެއްގެ ސަބަބުންވީ ކަމެއްތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"މިހާތަނަށް ބޮޑަށް ބެލެވެނީ މާލެ ކައިރިން ދަތުރުކުރި އުޅަނދަކުން ކަނޑަށް އެޅުނު ތެޔޮ އޮއިވަރާ އެކު އައިސް ފަޅުތެރެއަށް ޖަމާވީހެން،" އޭނާ ވިދާޅުވި އެވެ.