ޕާފިއުމް މިކްސް ކުރުމުގެ ހިދުމަތް ކައިޓް ޕާފިއުމަރީން ފަށައިފި
ޕާފިއުމް މިކްސް ކުރުމުގެ ހިދުމަތް ކައިޓް ޕާފިއުމަރީން ފަށައިފި

މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓު ހެޔޮއަގުގައި ފޯރުކޮށްދިނުމަށް، ޕާފިއުމް މިކްސިންގެ ހިދުމަތް ކައިޓް ޕާފިއުމަރީ އެންޑް އެސެސަރީޒްއިން ފަށައިފި އެވެ.

ޕާފިއުމް މިކްސް ކުރުމުގެ ހިދުމަތް ކައިޓް ޕާފިއުމަރީން ފަށައިފި
ޕާފިއުމް މިކްސް ކުރުމުގެ ހިދުމަތް ކައިޓް ޕާފިއުމަރީން ފަށައިފި

ކައިޓްއިން ބުނި ގޮތުގައި ޝަނެލް އަދި ކްރީޑް ފަދަ މަޝްހޫރު ސެންޓުތައް ތައްޔާރު ކުރުމަށް ބޭނުންވާ ޕާފިއުމް އޮއިލް ސޮލިއުޝަން ބޭނުންކޮށްގެން ކަސްޓަމަރު ބޭނުންވާ ބްރޭންޑެއްގެ ސެންޓު ދެ މިނެޓެއްހާއިރު ތެރޭ އެ ތަނުން ތައްޔާރުކޮށްދޭނެ އެވެ. އަދި އެ ފިހާރައިގައި ބޭރުގެ މަޝްހޫރު ބްރޭންޑެޑް ގިނަ ކުންފުނިތަކެއްގެ ސެންޓު ލިބެން ހުންނާނެ ކަމަށާއި، ތައްޔާރު ކުރާ ސެންޓުގައި އޮރިޖިނަލް ސެންޓުގެ ވަސް ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ޕާފިއުމް މިކްސް ކުރުމުގެ ހިދުމަތް ކައިޓް ޕާފިއުމަރީން ފަށައިފި
ޕާފިއުމް މިކްސް ކުރުމުގެ ހިދުމަތް ކައިޓް ޕާފިއުމަރީން ފަށައިފި

ކައިޓް ޕާފިއުމްސް އިން ތައްޔާރުކޮށްދެނީ 50 އެމްއެލް އާއި 100 އެމްއެލްގެ ސެންޓު ފުޅިއެވެ. އެ ތަނުން ތައްޔާރުކޮށްދޭ ސެންޓުގެ ވަސް ގިނަ އިރަށް ހުންނާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. އެ ތަނުން ތައްޔާރުކޮށްދޭ ސެންޓުތަކުގެ އިތުރުން ވެސް ގިނަ ވައްތަރުތަކެއްގެ ސެންޓާއި ގަހަނާ އެ ފިހާރައިގައި ހުރެ އެވެ.

އެ ތަނުން ލިބެން ހުރި ގަހަނާތަކުގެ ތެރޭގައި ރަން ޕްލޭޓަޑް ކެވެލި އާއި ފަށާ ރިހި ފަށާއި، ކަންފަތާއި ނޭފަތުގައި ލާ އެއްޗިއްސާއި އެކި ކަހަލަ ކެވެލި ހުރެ އެވެ. ކައިޓް ފިހާރައިން ބުނި ގޮތުގައި އެ ތަނުން ނޭފަތާއި ކަންފަތް ތޮރުފާ ދިނުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10އިން ރޭގަނޑު 11އަށެވެ. އެ ފިހާރައިގެ ނަމްބަރު 7224040 އަށް ވައިބާ ނުވަތަ ވަޓްސްއަޕްއިން މެސެޖުކޮށްގެން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އެވެ.