އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!
އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!

ރިޔާސީ އިންތިހާބު ބާއްވާ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ފެށިގެން މިއައީ ސަރުކާރާއި އިދިކޮޅު ޕާޓީއެއްގެ ސިޔާސީ ވާދަވެރިކަމަކުން ނޫނެވެ. މުޅި ސިޔާސީ މަސްރަހު ހަލަބޮލިކޮށްލައިފައި އޮތީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުންނެވެ. ކުރަނީ އެންމެ ސުވާލެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަ ކުރައްވަން ފުރުސަތު ލިވިވަޑައިގަންނަވާނެތޯ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީން އަނެއްކާވެސް ވެރިކަން ކުރައްވަން ދެވަނަ ފުރުސަތެއް ލިބިވަޑައިގެންފާނެތޯ އެވެ.

އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!
އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!

ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެންބަރުންނަށް އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އެ ބޭފުޅުން ވިދާޅުވަނީ އެމްޑީޕީ އަށް ދެވަނަ ދައުރެއް ލިބެން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީގެ ޓިކެޓު ކާމިޔާބު ކުރައްވައިގެން ކަމަށެވެ.

އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!
އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!

އެއާ ހިލާފަށް ނަޝީދު ގަބޫލުފުޅު ކުރައްވަނީ، އަދި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ގަބޫލުކުރަނީ އެމަނިކުފާނަށް ޓިކެޓު ލިބިވަޑައިނުގެންފި ނަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ދެވަނަ ބުރަށް ވެސް ކޮލިފައި ވެސް ނުވާނެ ކަމަށެވެ.

އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!
އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ހޯދަން ދެ ލީޑަރުންގެ ދެ ފޯމިއުލާ!

ދެ ރައީސުން ސިޔާސީ ކުރިމަގު ދެކިވަޑައިގަންނަވާ ގޮތް ވަރަށް ތަފާތެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ޖައްސަވާ ހިސާބު ވެސް ވަރަށް ތަފާތެވެ. ކެމްޕެއިންތައް ލޯންޗު ކުރައްވައި އެމްޑީޕީގެ ދެ ރައީސުން ވެސް ވަނީ މި މަހު 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. ކާމިޔާބު ވާން އޮތީ ޕާޓީ އަށް ވެރިކަން ހޯދައިދޭ އެންމެ ރަނގަޅު ފޯމިއުލާ ވިއްކާ ލީޑަރެކެވެ.

އެމްޑީޕީގެ އެންމެ ކެރިސްމަޓިކް ލީޑަރު ވަރަށް ޖޯޝާއި ފޯރީގައި ކެމްޕެއިން ފައްޓަވައި އެންމެ ފުރަތަމަ ރޭ ވަނީ އެމަނިކުފާނު ޕްރައިމަރީ އަށް ނުކުމެވަޑައިގަތް މުހިންމު ދެ ސަބަބު ވިދާޅުވެފަ އެވެ. އެއް ސަބަބަކީ ނަޝީދު ވިދާޅުވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފި ނަމަ ލިބޭނީ 20 ޕަސެންޓެވެ. އަދި ދެވަނަ ބުރަށް އެމްޑީޕީ ނުހޮވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ ތޮބީއަތެއް އެބަހުރޭ. އަލަށް ގައުމީ އިންތިހާބަށް ]ރިޔާސީ އިންތިހާބަށް[ ނުކުތީމާ ގިނަ ފަހަރަށް ލިބިގެން ދަނީ ވިއްސަކަށް ޕަސެންޓު، ރައީސް ސޯލިހު [އެކަނި] ގައުމީ އިންތިހާބަކަށް ނުކުންނަވަނީ އަލަށް،" ނަޝީދު ޖައްސަވާ ހިސާބު ވިދާޅުވި އެވެ.

ރައީސް އިންތިހާބަކަށް ނިކުމެވަޑައިގަންނަވަނީ "އަލަށް" ކަމަށް ނަޝީދު ވިދާޅުވާ ސަބަބަކީ އެއީ 2018 ވަނަ އަހަރާއި މި އަހަރުގެ އިންތިހާބު ވަރަށް ބޮޑަށް ތަފާތުވުމުންނެވެ. ކުރީގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގަ އެވެ. ނުވަތަ ޖަލަށް ލައިފާނެތީ ވަރަށް ގިނަ ލީޑަރުން އޭރު ތިއްބެވީ ރާއްޖެ އިން ބޭރުގަ އެވެ. އޭގެ ތެރޭގައި ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިފަހަރު ޔާމީން ފިޔަވައި އެހެން ހުރިހާ ލީޑަރުން ތިއްބެވީ މިނިވަންކޮށް ސިޔާސީ ބޮޑެތި އުންމީދުތަކާ އެކުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޖޭޕީ އެމްއާރްއެމް އަދާލަތު އަދި އެމްއެންޕީ އަށް ވެސް މި އިންތިހާބުގައި ވާދަ ކުރެވޭނެ. އެ ވިދާޅުވާ ކޯލިޝަންގެ ޗޮއިސްއެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަނި ނުކުންނެވުމުން ލިބިވަޑައިގަންނަަވާނީ ފުރަތަމަ ފަހަރަށް ހަސަން ސައީދަށް އަދި ޖޭޕީގެ ގާސިމް އިބްރާހިމް އަށް އަދި ހުދު އެމަނިކުފާނަށް ވެސް ލިބިވަޑައިގަތް 20 ޕަސެންޓެވެ.

އެހެންވެ ނަޝީދު އުންމީދު ކުރައްވަނީ އެމަނިކުފާނަށް އެމްޑީޕީގެ ތެރެއިން އޮތް ބޮޑު ތާއީދާ އެކީ ނިކުމެވަޑައިގެންފި ނަމަ ރިޔާސީ އިންތިހާބުގައި ޔަގީނުން ވެސް ދެވަނަ ބުރާ ހަމައަށް ގެންދެވިދާނެ އެވެ. އަދި އެމްޑީޕީ އަށް އަލުން ވެރިކަން ލިބެން އޮތް ހަމައެކަނި ފޯމިއުލާއަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވަ އެވެ.

ސިޔާސީ ތޮބީއަތު ހުންނަ ގޮތް ކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަ އަށް ރައީސް މިހާތަނަށް އައިއިރު މުޅިން ދެބަހެއް ނުވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން އެމަނިކުފާނު ގެންގުޅުއްވަނީ 2008 ގެ ފަހުން އައި ހުރިހާ އިންތިހާބެއްގައި ނަތީޖާ ދެއްކި "ކޯލިޝަން ފޯމިއުލާ" އެވެ.

ވޭތުވެދިޔަ އެއްވެސް ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީއަކަށް ނުވަތަ އެއް ފަރުދަކަށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވެ އެވެ. އެކަން މިހާތަނަށް ފެނުނީ 2018 ވަނަ އަހަރު އެވެ. އެފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި ވެސް ކޯލިޝަނާއެކު އިންތިހާބުގައި ވާދަ ކުރެއްވުމުންނެވެ.

އޭގެ ފަހުން އެމަނިކުފާނަކީ ތާރީހުގައި ފުރަތަމަ ފަހަރަށް ކޯލިޝަން ރޫޅާ ނުލައި ހިފެހެއްޓެވި ހަމައެކަނި ރައީސެވެ. ވެރިކަން ނިމެން ނުވަ ވަރަކަށް މަސްވެފައި ވާއިރު ވެސް އަދިވެސް ކޯލިޝަންގެ ހުރިހާ ލީޑަރުން އެމަނިކުފާނާ އެއްކޮށް ތިއްބެވި ކަމުގެ ޔަގީން ކަން ރައީސް ދެއްވަ އެވެ.

"ފުރަތަމަ ކަށަވަރު ކުރަން ޖެހޭނީ ކެނޑިޑެސީ. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާނަން. އެއަށް ފަހު ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ފަށާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސަތުތައް ތަންފީޒު ކުރެވޭ ގޮތަށް ބަލާފައި ކޯލިޝަން ލީޑަރުންގެ ތާއީދު އެމަނިކުފާނަށް ލިބޭނެ އެވެ. އެ މަޝްވަރާތައް ރަސްމީކޮށް އަދި ނުކުރައްވާ ކަމަށާއި ނަމަވެސް ނުރަސްމީކޮށް ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގިނަ ކަންކަމުގައި [ކޯލިޝަން ލީޑަރުންނާ] ހިޔާލު އެއްގޮތް ވޭ. އެހެންވެ އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ އިތުރުން ވަކިވަކި އެހެން ސިޔާސީ ބޭފުޅުންގެ ތާއީދު ވެސް އަޅުގަނޑަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވެސް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ މޮޅުވާ ކެނޑިޑޭޓަކަށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކިހާ ބޮޑުވާނެތޯ ވިސްނާލަން ޖެހެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހުރިހާ ލީޑަރުން ގޮވައިގެން މަސައްކަތް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުރިހާ ލީޑަރުން ވަރަށް އިތުބާރު ކުރެއްވި ކަމަށާއި އެމްޑީޕީން ނަޝީދު ނުކުމެވަޑައިގަންނަވާ ނަމަ އިތުރު ގޮތެއް ނެތަސް 2018 ވަނަ އަހަރު އެމަނިކުފާނަށް ތާއީދެއް ނުކުރައްވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

"ބައްލަވާ ކޯލިޝަން ދެމެހެއްޓުމުގެ ހަމައެކަނި ރެކޯޑު ވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތްޕުޅުގައި. މީގެ ކުރިން 2008، 2013 ގައި ވެސް ކޯލިޝަން ރޫޅުނީ. ފުރިހަމަ އެއްބާރުލުން އޮތީ އެކަނި ރައީސް އަށް،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސްގެ ފަހަތުގައި ކޯލިޝަން ދެމިއޮންނާނެތޯ ނުވަތަ ނަޝީިދަށް "އެއްބުރުން" ކާމިޔާބު ކުރެވިދާނެތޯ އަންދާޒާ ކޮށްލާއިރު އަނެއް ފަރާތުގައި ކަންކަން ހުރި ގޮތް ވެސް ބަލައިލަން މުހިންމެވެ. މި ވަގުތަށް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތެއް ގެއްލިފައިވީ ނަމަވެސް އެ ދިމާއަށް މުޅިން ނުބަލައި ދޫކޮށްލަން ޖެހޭ ހާލަތެއް އަދި ނާދެ އެވެ.

އެކަމަށް އިޝާރަތް ކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ޔާމީންގެ ނަން ނެތުމަކީ ޖުމްހޫރީ ޕާޓީ އާއި އެމްއާއެމް އަދި އަދާލަތުގެ އުންމީދު ވަރަށް ބޮޑަށް އާ ވެގެން ދާނެ ސަބަބެކެވެ. އަދި ކޯލިޝަން ހެދުމުގެ ބަދަލުގައި ސީދާ ވެރިކަން ހޯއްދަވަން އެ ޕާޓީތައް ވެސް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ އެއް ސަބަބެވެ.

"ހަމަގައިމު ވެސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ވޯޓެއް ރައީސް ސޯލިހަށް ލިބިވަޑައިނުގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލާގައި ރައީސަށް އޮތީ ވަރަށް އުނދަގޫ ޗޮއިސްއެކެވެ.

ސުޕްރީމް ކޯޓުގެ މަރުހަލާގައި އެމަނިކުފާނު ޖަލަށް ލާން ހުކުމް ކޮށްގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ އިދިކޮޅުގައި އެ އުފެދޭ ހުސްކަމުގެ ތެރެއަށް ގާސިމް ވަނުމުގެ ފުރުސަތު އެބައޮތެވެ.

"ޔާމީން ހުކުމް ދަމަހައްޓައިފި ނަމަ ގާސިމް އެކަން ކުށްވެރިކޮށް ސަރުކާރާ ފެޔަށް ޖެހިދާނެ. އިދިކޮޅަށް ވެސް އެވަގުތު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ގާސިމް މުހިންމު ވާނެ،" އޭނާ ވިދާޅުވި އެވެ.

ދެން އޮތް ގޮތަކީ ޔާމީން މިނިވަންވުމެވެ. އެހެންވެއްޖެ ނަމަ މިހާރު ރައީސަށް އިންތިހާބު ކާމިޔާބު ކުރަން ވަރަށް އުނދަގޫވާނެ އެވެ. ސަބަބަކީ ސަރުކާރަށް ލިބިފައި އޮތް ޑެމޭޖްތަކާއި އިދިކޮޅު ލީޑަރު މިނިވަންވެގެން ވާދަ ކުރުމުން ލިބޭނެ ތާއީދުގެ އިތުރުން ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ވޯޓު އެމްޑީޕީ ތެރެއިން ބެހިގެން ދިޔުމުގެ ފުރުސަތު އޮތުމުންނެވެ.

"އެންމެން ވެސް އެއްބަސްވޭ ޔާމީން ކާމިޔާބު ކޮށްފި ނަމަ ހުރިހާ ލީޑަރުން ޖަލަށްލާނެ ކަން. ޔާމީން ޖަލަށް ލައިގެން އުފާ ނުވާ ވާހަކަ ފާޅުގައި ދައްކަވާ ހަމައެކަނި ލީޑަރަކީ ނަޝީދު. އެހެންވެ ކޮންމެވެސް ވަރަކަށް ދެކޮޅަށް ފައި ލައިގެން ތިބިކަން އެބަ އެނގޭ."

ޔާމީންގެ ހުކުމް ކޮށްގެން ގޮތަކަށް ނިމުނަސް ސިޔާސީ ގިނަ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މި އަހަރުގެ މެއިން އިވެންޓަކީ އެމްޑީޕީގެ ދެ ރައީސުން ވާދަ ކުރައްވާ އިންތިހާބެވެ. އެ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ރިޔާސީ އިންތިހާބަށް ޖަހާނެ ހިސާބެއް އަންދާޒާ ކޮށްލެވޭނެ އެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް މި މަސް ނިމޭއިރު މުޅި އެމްޑީޕީގެ މުސްތަގުބަލް ބަދަލު ވެގެންދާނެ އެވެ.