ކަރީނާ އާއި ކަރިޝްމާ ބޭނުމީ ސޯނަމް ރަންބީރާ ކައިވެނިކުރަން
ކަރީނާ އާއި ކަރިޝްމާ ބޭނުމީ ސޯނަމް ރަންބީރާ ކައިވެނިކުރަން

މަޝްހޫރު ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ މިފަހަރުގެ ސީޒަންގެ އެންމެ ފަހު އެޕިސޯޑުގައި ބައިވެރިވީ ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރެވެ. މި ޝޯގައި ކަރީނާ އެއްބަސްވި ގޮތުގައި އޭނާ އާއި ދައްތަ ކަރިޝްމާ ކަޕޫރު ބޭނުންވަނީ އެމީހުންގެ ދެބެންގެ ދެދަރި ރަންބީރު ކަޕޫރާއި ސޯނަމް ކައިވެނި ކުރުމަށެވެ. އަދި އެމީހުންގެ ފަހަރިއަކަށް ސޯނަމް ވުމަށެވެ.

ކަރީނާ އާއި ކަރިޝްމާ ބޭނުމީ ސޯނަމް ރަންބީރާ ކައިވެނިކުރަން
ކަރީނާ އާއި ކަރިޝްމާ ބޭނުމީ ސޯނަމް ރަންބީރާ ކައިވެނިކުރަން

މި ޝޯގައި ކަރަން ވަނީ ސޯނަމް ލައްވާ ރަންބީރުގެ ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރަންބީރާ ދުވަހަކުވެސް ރައްޓެހިވެދާނަންތޯ ކަރަން ސުވާލު ކުރި އެވެ. ނަމަވެސް މި ސުވާލުގެ ޖަވާބު ސޯނަމް ދިނުމުގެ ކުރިން ކަރީނާ ކުއްލިއަކަށް ފުންމައިގެންފައި ކަރިޝްމާ ބޭނުންވަނީ ސޯނަމް އެމީހުންގެ ފަހަރިއަކަށް ހަދަން ކަމަށް ބުނީ އެވެ.

ނަމަވެސް ރަންބީރާ ކައިވެނިކުރަން ކަރީނާ އެދުނު އެދުމަށް ސޯނަމް އެއްބަހެއް ނުވި އެވެ. ސޯނަމް ބުނީ ރަންބީރު އާއި އޭނާ ދެ އެކުވެރިންގެ ގޮތުގައި ތިބުން މާ ރަނގަޅު ކަމަށާއި ކައިވެނި ކޮށްގެން ރަންބީރު އުފަލުގައި ބެހެއްޓިދާނެކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސޯނަމް އާއި ރަންބީރުގެ ފުރަތަމަ ފިލްމު "ސާވަރިޔާ" ކުޅުނު ދުވަސްވަރު މި ދެ ތަރިން ރައްޓެހިވެގެން އުޅުނު ކަމަށް ބޮލީވުޑްގައި ވަރަށް ގަދަޔަށް ވާހަކަ ދެކެވުނެވެ. ނަމަވެސް ސޯނަމް އާއި ރަންބީރު މި ވާހަކައާ އެއްބަހެއް ނުވެ އެވެ. ނަމަވެސް "ސާވަރިޔާ"ގެ ފަހުން ދެ މީހުން އެކުގައި ފިލްމެއް ނުކުޅެ މިހާ ދުވަސްވީ ދެ މީހުން ރައްޓެހިވެގެން އުޅެފައި ރުޅިވުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ރަންބީރު އާއި އޭނާ އަލުން ގުޅިއްޖެ ކަމަށް ސޯނަމް ބުނި ވާހަކައަކީ ތެދެއްކަން ޔަގީންވަނީ 10 އަހަރުގެ ދިގު މުއްދަތަކަށްފަހު ސަންޖޭ ދަތުގެ ބައޮޕިކްގައި ރަންބީރާ އެކު ސޯނަމް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާތީ އެވެ. މި ފިލްމުގައި ވެސް ސޯނަމް ކުޅޭނީ ކުރީގެ ލޯބިވެރިޔެއްގެ ރޯލެވެ.

ރަންބީރާ ރުޅިވީ ފަހުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސޯނަމް މީހަކާ ރައްޓެހިނުވެ ހުރުމަށްފަހު މިހާރު ދިއްލީގެ ވިޔަފާރިވެރިއެއް ކަމަށްވާ އާނަންދު އަހޫޖާ އާ ރައްޓެހިވެ ކައިވެނި ކުރަން އުޅޭ ޚަބަރުތަކެއް ވެސް ދަނީ އިވެމުންނެވެ.