28 ޑިސެމްބަރ 2022 - 14:36

ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ މެޑެފްރޯން ނަމަކަށް ކިޔާ މަސްތުވާތަކެތި ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގެނައި ޕެކޭޖަކުން ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރަ އެވެ.
ބެލްޖިއަމުން ގެނައި ޕެކޭޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓެއް ފެނުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ޕެކޭޖާ ގުޅުން ހުރި މީހަކާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ޕޮލިހުންނަށް ހަވާލުކޮށްފަ އެވެ.