އުރީދޫ "ފަން ރަން"ގެ ފޮޓޯ ޕޯސްޓްކޮށްގެން ރިސޯޓް ދަތުރެއް
އުރީދޫ "ފަން ރަން"ގެ ފޮޓޯ ޕޯސްޓްކޮށްގެން ރިސޯޓް ދަތުރެއް

މިދިޔަ ހުކުރު ދުވަހު އުރީދޫން ބޭއްވި "ފަން ރަން"ގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ރިސޯޓް ދަތުރެއް ލިބޭ ކެމްޕެއިނެއް ފަށައިފި އެވެ.

އެ ކެމްޕެއިނަށް ފޮޓޯ ހުށަހަޅާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަކުރެވޭ ދަތުރެއް އޯގާ އާޓް ރިސޯޓުން ލިބޭނެ އެވެ. އެ ދަތުރަކީ ދެ މީހަކަށް ދެވޭނެ ދަތުރެކެވެ. އެ ދަތުރުގެ ސްޕީޑް ބޯޓު ޓްރާންސްފާ ވެސް އުރީދޫން ހަމަޖައްސައި ދޭނެ އެވެ.

އުރީދޫގެ އެ ސޯޝަލް މީޑިއާ ކެމްޕެއިނުގައި ބައިވެރިވެވޭނީ OoredooFunRun# ހޭޝްޓެގާ އެކު ފަން ރަންގެ ފޮޓޯ ޕޯސްޓުކޮށް، އުރީދޫ ޓެގު ކޮށްގެންނެވެ.

އެ ކެމްޕެއިނުގައި ބައިވެރިވުމަށް ފޮޓޯ ޕޯސްޓު ކުރެވޭނީ ހޮނިހިރު ދުވަހުގެ ރޭ 11:59އާ ހަމައަށެވެ.

އުރީދޫއިން ބާއްވަމުން ދިޔަ "ކަލާ ރަން" ރީ ބްރޭންޑުކޮށް ބޭއްވި ފުރަތަމަ "ފަން ރަން" އަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ. އެ ދުުވުމުގެ ގިނަ ފޮޓޯތަކެއް ދުވުން އޮތް ގަޑީގައި ބައިވެރިން ހިއްސާ ކުރި އެވެ.