އެއާޕޯޓުގެ ރޭމްޕް ޓްރެއިންތަކުގައި ވީއާރް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށައިފި
އެއާޕޯޓުގެ ރޭމްޕް ޓްރެއިންތަކުގައި ވީއާރް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށައިފި

އެމްއޭސީއެލްގެ ރޭމްޕް ޓްރެއިނިންތަކުގައި ފުރަތަމަ ފަހަރަށް ވާޗުއަލް ރިއަލިޓީ (ވީއާރް) ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރެއިނިންތައް ކުރިއަށް ގެންދަން ފަށައިފި އެވެ.

އެއާޕޯޓުގެ ރޭމްޕް ޓްރެއިންތަކުގައި ވީއާރް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށައިފި
އެއާޕޯޓުގެ ރޭމްޕް ޓްރެއިންތަކުގައި ވީއާރް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށައިފި

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްއާން ޝާކިރު ވިދާޅުވީ، އެމްއޭސީއެލް އިން އެއާސައިޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށް ރެގިއުލޭޓަރީ ޓްރެއިނިންތަކެއް ދޭ އިރު ވީއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ޓްރެއިނިން ދިނުމުން، މުވައްޒަފުންނަށް އެ ސަރަހައްދުގައި މަސައްކަތް ދަސްކުރަން އިތުރަށް ފަސޭހަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއޭސީއެލް އިން ބޭނުން ކުރަނީ އަޔާޓާގެ ރޭމްޕްވީއާރް ކަމަށެވެ. އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށާއި އެކަން ހާސިލު ކުރުމަށްޓަކައި އެންމެ ޒަމާނީ ވަސީލަތްތައް އަބަދުވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

"ލައިވް ސިމިއުލޭޝަންގެ ތެރެއިން އެ މީހުންނަށް މަސައްކަތު މާހައުލުން، މަސައްކަތް ކުރަން ޖެހޭ ގޮތް ދަސްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކުރިން މިފަދަ ޓްރެނިންތައް ދޭ އިރު އޮޕަރޭޝަނަށް އޭގެ އަސަރު ކުރާ ކަމަށާއި މިހާރު މިކަހަލަ ޓްރެއިނިންތައް ވީއާރް މެދުވެރިކޮށް ކުރިއަށް ގެންދާތީ އޮޕަރޭޝަނަށް އޭގެ އަސަރު ކުރާ ވަރު ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ސައީދު ވިދާޅުވީ، އާ ޓެކްނޮލޮޖީއާ އެކު ޓްރެއިނިންތައް ފެށުމުން އެކަމަށް މުވައްޒަފުން ހޭދަކުރަން ޖެހޭ ވަގުތު ވެސް މަދު ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަސްޓަމައިޒް އަމިއްލަ ޓްރެއިނިންތަކެއް ހެދުމުގެ ވިސްނުން އެބަ ގެންގުޅެން. ކުރިއަށް އޮތްތަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއްގެ ތެރެއިން ވީއާރް އެކްސްޕީރިއަންސް ކުރެވޭނެ ގޮތްތައް ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ.

އައިޓާގެ ރޭމްޕްވީއާރް ޓްރެއިނިން ބޭނުންކޮށްގެން މިމަހުގެ 4 ވަނަ ދުވަހު އެމްއޭސީއެލްގެ 18 މުވައްޒަފަކު ވަނީ ޓްރެއިން ކޮށްފަ އެވެ. އޭގެ ތެރޭގައި ރޭމްޕް މާޝެލިން އާއި އެއާކްރާފްޓް ޖެއްސުމަށްފަހު ބެލެއްހެއްޓުމުގައި މުވައްޒަހުން ބަލަން ޖެހޭ ކަންކަން ވެސް ވީއާރް މެދުވެރިކޮށް ދަސްކޮށްފައިވެ އެވެ.