26 ޑިސެމްބަރ 2022 - 11:14

ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިރޭ އާއި މާދަމާ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައި ކަމަށެވެ. ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯ ޕްރެޝާ އޭރިއާއެއްގެ ގޮތުގައި ކަމަށް ވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.