25 ޑިސެމްބަރ 2022 - 22:35

ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޝޯއެއްގައި ޕާފޯމް ކުރުމަށް އިންޑިއާގެ 14 އަހަރުގެ ލަވަކިޔުންތެރިޔާ މުހައްމަދު ފާއިޒް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ފާއިޒަކީ ސޮނީ ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ސުޕަސްޓަ ސިންގާ" ގެ ދެ ވަނަ ސީޒަން ކާމިޔާބުކުރި ލަވަކިޔުންތެރިޔާ އެވެ.
އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޕާފޯމްކުރަން އޭނާ ރާއްޖެ އައީ މިއަދު ހަވީރެވެ. މިއަދަކީ އުއްޗުގެ އުފަންދުވަހަށް ވިޔަސް އެ ޝޯ އޮންނާނީ މާދަމާ ރެ އެވެ.
"ސުޕަސްޓަ ސިންގާ" ގެ އިތުރުން ޒީޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ސަރެގަމަޕާ" ގައި ވެސް ފާއިޒް ބައިވެރިވި އެވެ. އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ އެ ޝޯތަކުގައި ލަވަކިޔައިގެންނެވެ.
ފުރާވާރުގައި އެ މުބާރާތްތަކުގެ ފާއިޒް ހޯދި ކާމިޔާބީ އާއި ލިބުނު މަގުބޫލުކަމުގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީން އޭނާއަށް ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ.