25 ޑިސެމްބަރ 2022 - 14:33

އަހަރީ ހިސާބުތައް ނިންމުމަށް މި ހަފްތާގެ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ބްރާންޗުތައް ބަންދުވާނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
ބެންކުން ބުނި ގޮތުގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް އަހަރީ ހިސާބުތައް ނިންމުމަށް ބެންކުގެ ބްރާންޗުތައް ނިންމާފައިވާ ކަމަށެވެ. އަދި ހިދުމަތްތައް ދެން ފަށާނީ އާ އަހަރުގެ ރަސްމީ ބަންދު ދުވަސްތައް ނިންމައި، އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް ވެސް ބެންކުން ބުނެ އެވެ.
ބުރާސްފަތި ދުވަހު ބީއެމްއެލްގެ ބްރާންޗުތައް ބަންދު ކުރި ނަމަވެސް އޭޓީއެމް އާއި އޮންލައިން ކޮށް މޮބައިލް އެޕްލިކޭޝަން އާއި އިންޓަނެޓު ބެންކިން މެދުވެރިކޮށް ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެ އެވެ.
ރާއްޖޭގައި 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗު އަދި 82 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 140 އޭޓީއެމް ހުރެއެވެ.