24 ޑިސެމްބަރ 2022 - 16:57

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އަމިއްލަ ޖެޓެއްގައި އޭނާ ރާއްޖެ ވަޑައިގަތީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އޭނާ ރާއްޖެ ވަޑައިގަތީ އާއިލާ އާ އެކު ޗުއްޓީ ހޭދަކުރެއްވުމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރައްވާނީ އިތާފުށީގަ އެވެ.
ގަތަރުގެ ވޯލްޑް ކަޕަށް ފަހު ފުޓްބޯޅައިގެ ގިނަ ތަރިން ދަނީ ރާއްޖެ އަންނަމުންނެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ ފީފާގެ އެންމެ އިސްވެރިޔަކީ ކުރީގެ ރައީސް ޖޯސެފް ބްލެޓާ އެވެ.