21 ޑިސެމްބަރ 2022 - 13:03

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރާގައި "ހުސްކުރާ ސޭލެއް" މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ކަމަށެވެ. ސޭލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ހުކުރު ދުވަސް ފިޔަވައި ދެން ހުރި ދުވަސްތަކުގައި ސޭލް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދަވަހު އެ ސޭލް އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
އެސްޓީއޯ ހުޅުމާލެ ފިހާރައިން އެ ކުންފުނިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ ބްރޭންޑްތަކުގެ އުފެއްދުންތަކުގެ އިތުރުން ތަފާތު ތަކެތި ލިބެން ހުރެ އެވެ.