މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި
މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި

ބީނޯސް އޭރީޒް (ޑިސެމްބަރު 21) - ވޯލްޑް ކަޕުގެ ތަށި ހިފައިގެން އާޖެންޓީނާ ކުޅުންތެރިން އެ ގައުމުގެ ވެރިރަށް ބީނޯސް އޭރީޒްގައި ބޭއްވި ބަސް ޕެރޭޑު ކުރިއަށް ނުގެންދެވިގެން ހެލިކޮޕްޓަރެއްގައި ކުޅުންތެރިން އުފުލައިފި އެވެ.

މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި
މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި

ގިނަ ބަޔަކަށް އުފާފާޅުކުރުންތަކުގައި ބައިވެރިކުރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އާޖެންޓީނާ ސަރުކާރު ވަނީ އިއްޔެ ބަންދުކޮށްފަ އެވެ. ވެރިރަށުގެ މަގުމައްޗަށް ފަސް މިލިއަނެއްހާ މީހުން އިއްޔެ އެއްވި ކަމަށްވެ އެވެ.

މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި
މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި

އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓްރެއިނިން ސެންޓަރުން ފެށިގެން 50 މޭލުގެ ދިގު ރާސްތާއަކަށް ޕެރޭޑް ޖަހަން ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ސެކިއުރިޓީގެ ލަފައާ އެކު ރާސްތާ ކަޑައްތު ކުރެވުމުގެ ކުރިން ވަނީ ބަސް ދަތުރު ހުއްޓާލައިފަ އެވެ.

މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި
މީހުން ގިނަވެ ބަސް ނުދުއްވިގެން ޓީމު އުފުލީ ހެލިކޮޕްޓަރުގައި

ބަސް ޕެރޭޑް ހުއްޓާލަން ޖެހުނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވެސް ސަލާމަތަށެވެ. ބައެއް ސަޕޯޓަރުން ވަނީ ބްރިޖުތަކާއި އުސް ތަންތަނުން، ބަހުގެ ތެރެއަށް ފުންމާލައިފަ އެވެ.

އެގޮތުން ފުންމާލި އުމުރުން 24 އަހަރުގެ ފިރިހެނަކު މަރުވެ، ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާކަމަށް މީޑީއާތަކުން ރިޕޯޓް ކުރެ އެވެ. އަދި ޕެރޭޑް ހުއްޓާލުމާ ގުޅިގެން ހިތްހަމަނުޖެހިފައި ތިބި ސަޕޯޓަރުންތަކެއް އެގައުމުގެ ޕޮލިސް ކާރެއް ވެސް ހައިޖެކް ކުރި ކަމަށް އެގައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

މެސީ އާއި ކުޅުންތެރިން ހެލިކޮޕްޓަރަށް އަރުވައިގެން ސަޕޯޓަރުން ތިބި ސަރަހައްދުތަކުގައި ތިރިތިރިން ދުއްވާލުމަށް ފަހު ވަނީ އަނބުރާ އެގައުމުގެ ފެޑެރޭޝަންގެ ޓްރެއިނިން ފެސިލިޓީސް ހެޑް ކުއާޓާސް އަށް ގެންގޮސްފަ އެވެ.

"އޮބެލްސިކް މޮނިއުމެންޓު ސަރަހައްދުގައި ތިބި ހުރިހާ ސަޕޯޓަރުންނާ އެކު އުފާފާޅު ކޮށްލުމުގެ ފުރުސަތެއް އެމީހުން އަހަރެމެންނަށް ނުދިން. އަހަރެމެން އެހިސާބަށް ގެންދިޔުމުގެ މަސައްކަތް ކުރި ސެކިއުރިޓީ އެޖެންސީ އިން އަހަރެމެން ކުރިއަށް ދާން ހުއްދައެއް ނުދޭ. ކުޅުންތެރިންގެ ފަރާތުން ހުރިހާ ރައްޔިތުންނަށް ނިހާޔަތަށް މާފަށް އެދެން. މިއީ ވަރަށް ދެރަ ކަމެއް،" އާޖެންޓީނާ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ނެރުނު ބަޔާނެއްގައި ވެއެވެ.

ވޯލްޑް ކަޕްގެ ތަށި ހިފައިގެން ލިއޮނެލް މެސީ އާއެކު ގައުމީ ޓީމު އެނބުރި އާޖެންޓީނާ އަށް އައުމާ އެކު ވެސް ވަނީ އެގައުމުން ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ކެޕްޓަން މެސީ ތަށި ހިފައިގެން ފްލައިޓުން ފޭބީ، ކޯޗު ލިއޮނެލް ސްކަލޯނީއާ އެކު އެވެ. ޓީމު ދަތުރުކުރި ފްލައިޓް، އެގައުމުގެ ގަޑިން އިއްޔެ މެންދަމު 2:17 ގައި ވެރިރަށުގެ އެޒީޒާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިރު އެތައް ހާސް ބަޔަކު އެއްވެ ތިއްބެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފުރިހަމަ ފައިނަލް މެޗުގައި 3-3 އިން އެއްވަރުވެގެން އާޖެންޓީނާ މޮޅުވީ ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

މިއީ އާޖެންޓީނާ ވޯލްޑް ކަޕް ތަށި އުފުލާލި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 1978 ވަނަ އަހަރު ތަށި އުފުލާލީ ޑެނިއެލް ޕަސަރެއްލާގެ ކެޕްޓަން ކަމުގަ އެވެ. އަދި ދެ ވަނަ ފަހަރު 1986 ވަނަ އަހަރު ތަށި އުފުލާލީ ފުޓުބޯޅައިގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކެޕްޓަންކަމުގަ އެވެ.

"މި ފުރިހަމަ މެޗުގައި އަހަރެމެންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނު. ގަބޫލު ވެސް ނުކުރެވޭ، އެކަމަކު ޓީމުން އެ ހުރިހާ ކަމަކަށް ރައްދު ދިން،" މެޗަށް ފަހު ކޯޗު ސްކަލޯނީ މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

"ކުޅުންތެރިންގެ މަސައްކަތަށް އަހަރެން ފަހުރުވެރިވަން. ގައުމުގެ ރައްޔިތުންނަށް އަހަރެން ބުނެލަން ބޭނުމީ އުފާކުރާށޭ. މިއީ ގައުމަށް އައި ވަރަށް ތާރީހީ ވަގުތުކޮޅެކޭ."