ރިއަލްޓީ ކޮންސަލްޓަންސީގެ ފައިނޭންޝަލް ލިޓްރަސީ ކެމްޕެއިން އަންނަ އަހަރު
ރިއަލްޓީ ކޮންސަލްޓަންސީގެ ފައިނޭންޝަލް ލިޓްރަސީ ކެމްޕެއިން އަންނަ އަހަރު

ވިޔަފާރީގެ ގިނަ ދާއިރަތަކަކުން ކޮންސަލްޓަންސީ ދީ ޓްރެއިނިންތައް ހިންގާ ރިއަލްޓީ ކޮންސަލްޓަންސީ މޯލްޑިވްސް އިން އަންނަ އަހަރު ފައިނޭންޝަލް ލިޓްރަސީ ކެމްޕެއިނެއް ހިންގާނެ ކަމަށް ބުނެފި އެވެ.

ރިއަލްޓީ ކޮންސަލްޓަންސީގެ ފައިނޭންޝަލް ލިޓްރަސީ ކެމްޕެއިން އަންނަ އަހަރު
ރިއަލްޓީ ކޮންސަލްޓަންސީގެ ފައިނޭންޝަލް ލިޓްރަސީ ކެމްޕެއިން އަންނަ އަހަރު

އެ ކުންފުނިން ބުނި ގޮތުގައި އެ ކެމްޕެއިނުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނާއި، އެކި އޮފީސްތަކާއި އިދާރާތައް އަދި ކައުންސިލްތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ވެސް ފައިނޭންސާ ބެހޭ މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާނެ އެވެ.

އެ ސެޝަންތަކުގައި ކުޑަ ކުދިންނަށް ހާއްސަކޮށް ބެންކިން ސެކްޓާގައި އެ ކުދިންނަށް ފައިސާ ސޭވްކޮށް، ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕާސަނަލް ފައިނޭންސް މެނޭޖުކުރާނެ ގޮތާއި، މާކެޓުގައި ހުރި ފުރުސަތުތަކާއި ބޭކިން ދާއިރާގެ އެކި މައުލޫމާތުތައް ދޭނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ފައިނޭންޝަލް ލިޓްރަސީ އަކީ އެ ކުންފުނިން ހާއްސަ އަހައްމިޔަތެއް ދީގެން ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

އެ ކުންފުނީގެ މައިގަނޑު މަސައްކަތްތަކަކީ ކުދި އަދި މެދުފަންތީގެ ދާއިރާތަކަށް ކޮންސަލްޓަންސީ ދިނުމާއި ފައިނޭންޝަލް އެޑްވައިސް ދިނުމާއި ކޯޕްރޭޓު ޓްރެއިނިންތައް ދިނުމަށް ހާއްސަ ކުންފުންޏެކެވެ.

އެ ކުންފުނިން އަންނަނީ އެކި ދާއިރާތަކަށް ކޯޕަރޭޓް ޓްރެއިނިންތައް ދެމުންނެވެ. އެ ޓްރެއިނިން ސެޝަންތަކަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަންނީ ޓްރެއިނަރުން ނަގައިދޭ ސެޝަންތަކެއް ކަމަށާއި ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ހުނަރުވެރި ޓްރެއިނަރުންނަށް ރާއްޖެއިން ބޭރުން ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ކުންފުނިން ކޮންސަލްޓަންސީ އާއި ލަފާ ދެނީ އެ ފަދަ ވިޔަފާރިތައް ފުޅާކުރެވެން ހުރި ފުރުސަތުތަކާއި ލޯނާއި އިންވެސްޓުމަންޓުތަކާ ގުޅޭ ގޮތުންނެވެ. ރިއަލްޓީ މޯލްޑިވްސް އަކީ ޑިވޮލަޕަރުންނާއި ވަކިވަކި ކަސްޓަމަރުންނަށް ރިއަލްއެސްޓޭޓުގެ ހިދުމަތް ވެސް ދޭ ކުންފުންޏެކެވެ. އެގޮތުން ބިން ގަތުމާއި، ރިއަލް އެސްޓޭޓާއި ގުޅޭ ބެންކު އެޕްލިކޭޝަންތަކާއި ގުޅޭ މައުލޫމާތުތައް ވެސް އެ ތަނުން ދެއެވެ.

ރިއަލްޓީ ކޮންސަލްޓަންސީ މޯލްޑިވްސް އަކީ ކޮވިޑަށް ފަހު ވިޔަފާރިތަކަށް ލިބުނު މާލީގެއްލުމުން އަރައިގަތުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރު ފެށި ކޮންސަލްޓަންސީ ކުންފުންޏެކެވެ.