20 ޑިސެމްބަރ 2022 - 12:11

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެ ކޮލެޖުން ބުނި ގޮތުގައި އަންނަ މަހު ފަށާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނޭނެ އެވެ. މި ފަހަރު އެ ކޮލެޖުން 139 ކޯހަކަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެ ކޮލެޖުގެ ކޯސްތަކަކީ ދާއިރާތަކުގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކޮށް ހިންގާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހެއް ހިންގާނެ އެވެ. އަދި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ ކޯހެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އަންނަ މަހުގެ އިންޓޭކުގައި އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އޭސީސީއޭ އެކްސެލެރޭޓް ކޯހަކާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހެއް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުގައި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލް އާއި ސެޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 2،1 އަދި 3ގެ ކޯސްތަކެއް ވެސް އަންނަ މަހު ފަށާނެ އެވެ.
ޖެނުއަރީ އިންޓޭކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަ ސައިންސް، ޓީޗިންގް (އިސްލާމް، ގުރުއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އަދި އެޑިއުކޭޝަން ދާއިރާގެ ކޯސްތައް ހިމެނެ އެވެ.
މި އިންޓޭކުގެ އިތުރު ކޯސްތަކުގެ ތެރޭގައި ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސްގެ ކޯސްތައް ވެސް ހިމެނެ އެވެ.
އަދި އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، ރޮބޮޓިކްސް) ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާވިސަސް މެނޭޖްނަންޓާއި ޕްރޮޖެކް މެނޭޖްމަންޓްގެ ކޯސްތައް ވެސް ހިމެނެ އެވެ.
ވިލާއިން ޖެނުއަރީ އިންޓޭކަށް ފުރުސަތު ހުޅުވާލާފައި ވަނީ މާލޭގެ ކިއުއައި ކެމްޕަހުގެ އިތުރުން ނައިފަރު، ގަން، މަހިބަދޫ، ހިތަދޫ އަދި ކުޅުދުއްފުށީ ކެމްޕަހުގަ އެވެ.
އެ ކޮލެޖުން ބުނި ގޮތުގައި ކޯސްތަކަށް މަންތްލީ އިންސްޓޯލުމަންޓު އުސޫލުން ފީ ދެއްކޭނެ އެވެ. އަދި ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ހުރިހާ ބެޗްލާސް ޑިގްރީއެއް ކިޔެވޭނެ އެވެ. އަންނަ މަހަށް އެ ކޮލެޖުން ހުލުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ކެމްޕަހަށް ގޮސް ކިޔަވާ ޕްރޮގުރާމުތަކާއި އޮންލައިން ޕްރޮގުރާމުތައް ހިމެނެ އެވެ.