20 ޑިސެމްބަރ 2022 - 10:27

ސިމްޑީން މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އަގު ހުރި އިނާމުތަކެއް ހުށަހަޅައިގެން ބޭއްވި "ވޯލްޑް ކަޕް ފިއެސްޓާ" ނިންމައި ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯ ނަގައިފި އެވެ.

ސިމްޑީ ރެސޫގައި އޮތް ރަސްމިއްޔާތެއްގައި އެ ލަކީޑްރޯ ނަންގަވައި ދެއްވީ ސިމްޑީ ރެސޫ ފިހާރައިގެ ސީނިއާ މެނޭޖަރު އަލީ މުރުތަލާ އާއި ސިމްޑީ ގުރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އިސްމާއިލް އަނިލް އެވެ.

ގްރޭންޑް ލަކީޑްރޯގެ އެއްވަނަ އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަން އެސް22 އަލްޓްރާ އެކެވެ. އެ ދެ ފޯނުގެ ތެރެއިން ފޯނެއް ހިޔާރު ކުރުމުގެ ފުރުސަތު އެއް ވަނަ އަށް ދާ މީހަކަށް ލިބެ އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ އެކެވެ. ތިން ވަނަ އިނާމަކީ އިލީގެ ކޮފީ ބަންޑަލް އެކެވެ. އޭގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.
ސިމްޑީން ބުނި ގޮތުގައި އިނާމުތައް ހަވާލުކުރުމަށް ވަކި ރަސްމިއްޔާތެއް ބާއްވާނެ އެވެ.
ސިމްޑީގެ އެ ޕްރޮމޯޝަން ބޭއްވީ "ވީކްލީ" އިިނާމުތަކާއެކު އެވެ. ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރިކުރި ކަސްޓަމަރުން ބައިވެރިކުރި ޕްރޮމޯޝަނުގެ ހަތަރު ހަފުތާގެ ހަތަރު އިނާމު ވެސް ނަސީބުވެރިންނަށް ވަނީ ދީފަ އެވެ. އެ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގެ ދަށުން ވަނީ 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ވެސް ދީފަ އެވެ.