ޓިކްޓޮކް ވީޑިއޯއަކުން ރިއާނާގެ ދަރިފުޅު ދައްކާލައިފި
ޓިކްޓޮކް ވީޑިއޯއަކުން ރިއާނާގެ ދަރިފުޅު ދައްކާލައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަދި ރެޕަ އޭސެޕް ރޮކީގެ އަލަތު ދަރިފުޅު ދައްކާލައިފި އެވެ.

ޓިކްޓޮކް ވީޑިއޯއަކުން ރިއާނާގެ ދަރިފުޅު ދައްކާލައިފި
ޓިކްޓޮކް ވީޑިއޯއަކުން ރިއާނާގެ ދަރިފުޅު ދައްކާލައިފި

ބާބޭޑޮސް އަށް އުފަން، އުމުރުން 34 އަހަރުގެ ރިއާނާގެ ދަރިފުޅު އެންމެ ފުރަތަމަ ދައްކާލީ އޭނާގެ ޓިކްޓޮކް އައިޑީން މިދިޔަ ހުކުރު ދުވަހު ޕޯސްޓު ކުރި ވީޑިއޯއަކުންނެވެ.

ޓިކްޓޮކް ވީޑިއޯއަކުން ރިއާނާގެ ދަރިފުޅު ދައްކާލައިފި
ޓިކްޓޮކް ވީޑިއޯއަކުން ރިއާނާގެ ދަރިފުޅު ދައްކާލައިފި

އޭގެ ގަޑިއިރުތަކެއް ކުރިން އެމެރިކާ ކެލިފޯނިއާގެ، މެލީބޫ ބީޗުން ރިއާނާ އާއި އޭސެޕް ދަރިފުޅާ އެކު އާއިލީ ފޮޓޯ ޝޫޓެއްގައި ތިބި ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.

ރިއާނާ ހުކުރު ދުވަހު ލާފައިވާ ޓިކްޓޮކްގައި އޭނާގެ ހަތް މަހުގެ ފިރިހެން ދަރިފުޅު ކާރެއްގެ ކުޑަކުދިންގެ ސީޓެއްގައި އޮވެގެން މަންމައާ އެކު ސަމާސާކޮށް، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ މަންޒަރު ފެނެ އެވެ.

ގިނަ މީހުން ބުނާ ގޮތުން ރިއާނާގެ ދަރިފުޅު އެންމެ ވައްތަރީ ބައްޕަ އޭސެޕާ އެވެ.

ރިއާނާ ވިހެއީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖަލީސްގަ އެވެ. އޭނާގެ ދަރިއަށް ކިޔާ ނަން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެ އެވެ.