19 ޑިސެމްބަރ 2022 - 10:26

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް ސިމްޑީން ފެށި "ވޯލްޑް ކަޕް ފިއެސްޓާ"ގެ އެންމެ ފަހު ހަފުތާގެ ގުރުއަތު ނަގައިފި އެވެ.

ސިމްޑީ ޓެކް ޝޯ ރޫމުގައި މި ފަހަރުގެ ގުރުއަތު ނެގީ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (ލިއޯ އަޔާ) އެވެ. މި ހަފްތާއަށް ސިމްޑީއިން ހުށަހަޅާފައިވާ އިލީ ވައި 3.3 ކޮފީ މެޝިނު ލިބުނީ އަހުމަދު ސާއިދު ވަހީދަށެވެ.
ބޮޑު އިނާމުތަކެއް ހުށަހަޅައިގެން ސިމްޑީން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނަކީ "ވީކްލީ" އިިނާމުތަކާ އެކު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގެ ހަތަރު ހަފްތާގެ ހަތަރު އިނާމު ވެސް ނަސީބުވެރިންނަށް ވަނީ ދީފަ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރި ކުރި ކަސްޓަމަރުންނަށެވެ.
މުޅި ޕްރޮމޯޝަނުގެ ގްރޭންޑު ގުރުއަތެއް ވެސް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ލަކީޑްރޯގެ އެއްވަނަ އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަން އެސް22 އަލްޓްރާ އެކެވެ. އެ ދެ ފޯނުގެ ތެރެއިން ފޯނެއް ހިޔާރު ކުރުމުގެ ފުރުސަތުން އެއް ވަނަ އަށް ދާ މީހަކަށް ލިބޭނެ އެވެ. ދެ ވަނައަށް ހުށަހަޅާފައި ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ އެކެވެ. އަދި ތިން ވަނަ އިނާމަކީ އިލީގެ ކޮފީ ބަންޑަލް އެކެވެ. އޭގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.
ޕްރޮމޯޝަނުގެ ގްރޭންޑު ލަކީޑްރޯ މިއަދު އޮންނާނެ އެވެ.