16 ޑިސެމްބަރ 2022 - 19:08

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. ހުޅުދޫ ސީނިއަސްރުމާގޭ މުހައްމަދު ޖައިލަމެވެ. އޭނާގެ އާއިލާއަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އެވެ.
ފުލުހުން ބުނިގޮތުގައި އޭނާ އެންމެ ފަހުން ލައިގެން ހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކެވެ. އޭނާ ދިރިއުޅެނީ ހުޅުމާލޭ ދެވަނަ ފޭސްގަ އެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ހިއްސާކުރަން ފުލުހުން އެދެ އެވެ.