އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ

ވިލިމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ގުޅިފަޅުގެ އެކޮމޮޑޭޝަން ބްލޮކްގައި ރޭ ދަންވަރު އަލިފާން ރޯވި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ

އެމްއެންޑީއެފުން ބުނީ، މެންދަމު 12:30 ހާއިރު އަލިފާން ރޯވި ތަނުގައި 465 މީހުން ދިރިއުޅޭ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ

"މި ހާދިސާގައި 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެ އެވެ،" އެމްއެންޑީއެފްގެ މީޑިއާ އިން ފޮނުވި މެސެެޖެއްގައި ވެ އެވެ.

އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ފަރުވާ ދެނީ

ފުލުހުން ފަހުން މީޑިއާގައި ބުނީ، ސީރިއަސް އަނިޔާވެގެން ހަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އަލިފާން ރޯވުމާ އެކު ސަލާމަތްވާން ވެގެން މަތިން ފުންމާލުމުން އަތްފައި ބިނދުމާއި ބޮޑެތި ޒަހަމްތައް ވުމާއި އެކި ވަރަށް ފިހިފައިވާ މީހުން ވެސް ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. އަދި ދުމުގެ އަސަރުކޮށްގެން ވެސް ބައެއް މީހުންނަށް ފަރުވާ ދޭން ޖެހުނެވެ.

އަލިފާން ރޯވެފައިވާ ތަން ހުރި ގޮތެއް އަދި ރޯވާން ދިމާވި ސަބަބެއް ވެސް ނޭނގެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މެންދަމު 12:31 ގައި ހާދިސާގެ ރިޕޯޓް ލިބުމާ އެކު ފަޔާމަނުން ގުޅިފަޅަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި އެވެ. އަލިފާން ނިއްވާލެވުނީ އެމްއެންޑީއެފުން ބުނިގޮތުގައި މެންދަމު 1:52 ގަ އެވެ.

"އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.

އެފްކޮންސް އިން ބުނީ، އަލިފާން ރޯވުމާއެކު ރައްކާތެރި ހިސާބަށް މީހުން ގެންދިޔަ ކަމަށެވެ.

"އަލިފާން ރޯވި ސީދާ ސަބަބެއް ނޭނގޭ. އެކަން ތަހުގީގު ކުރަން މިހާރު ވަނީ ފަށާފައި،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.

މިދިޔަ މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ވެސް އިންޑިއާ މީހުން ގިނަ އަދަދަކަށް އުޅުނު ތަނެއްގައި ރޯވި އެވެ، މ. ނިރުފެހިގޭގެ ތިރީގައި ހަދާފައި ހުރި ގަރާޖެއްގައި ރޯވި އެ ހާދިސާގައި އެތަނުގެ މަތީގައި ހުރި އެކޮމޮޑޭޝަނެއްގައި ރޯވެ 10 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ބަންގްލާދޭޝް ދެ މީހަކު ހިމެނެ އެވެ.