އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

މިދިޔަ ހަފުތާގައި އެފްއޭއެމް 12 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް – ސަސް އަށް ހޯދައިދިން ކޯޗު، ފަރީދު މުހައްމަދު، ގްރާސް ރޫޓް ފުޓްބޯޅައިގައި މިހާތަނަށް ކުރި މަސައްކަތްތަކާ މެދު އޮތީ އުފާވެރިކަމުގެ ޝުއޫރުތަކެކެވެ. އޭނާގެ މަސްއޫލިއްޔަތަކަށް އޮތީ އާ ކުދިން ފުޓްބޯޅަ އަށް ނެރެ ތަމްރީންކޮށް އެ ކުދިންނަށް ކުރިއަށް ދިއުމަށް މަގު ދައްކައިދިނުމެވެ. އެ މަސައްކަތުގައި މިހާ ހިސާބަށް ވެސް އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު ފަރީދު ކުރި ކާމިޔާބު މަސައްކަތްތަކުގެ ތެރެއަށް އިތުރުވާ އެންމެ މުހިންމު ބޮޅަކީ އޭނާގެ އަންހެނުން، އައިޝަތު ރީނާ އެ މަސައްކަތަށް ނެރުމެވެ. އެއީ ގްރާސްރޫޓް ފުޓްބޯޅައިގައި ފަރީދަށް ލިބުނު އެންމެ ބޮޑު އުފާ ވެސް މެއެވެ.

އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ އެކަޑަމީ ސަސްގެ ކުޑައިގެ ދަށުގައި ހިންގުމުގައި ރީނާގެ ހިއްސާ އެ މަސައްކަތުގައި ބޮޑެވެ.

އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

"މި މަސައްކަތުގައި ވަރަށް އުފާވާ ކަމެއް އެބައޮތް. އެއީ އަންހެނުން މިކަމަށް އޮންބޯޑް ކުރެވުން. އެކަޑަމީގެ އެޑްމިޝަން ކަންތަކުގައި އުޅޭނީ އޭނަ. އަދި ބައެއް ދުވަސްދުވަހު ދަނޑަށް ގޮސް ކުދިން ޖޯޒީތައް ވެސް ޕޭރެންޓުންނާ ހަވާލު ކުރުމުގައި މަސައްކަތުގައި ވެސް އުޅޭނެ،" ހިތްހަމަޖެހުމާ އެކު ފަރީދު ކިޔައިދިނެވެ.

އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

ގްރާސްރޫޓް ފުޓްބޯޅައިގެ މަސައްކަތުގައި 2013 ފެށިގެން މެދުނުކެނޑި ހަރަކާތްތެރިވާ ކޯޗު ބުނިގޮތުގައި އޭނާގެ އަންހެނުން އެ މަސައްކަތުގައި އުޅޭތީ ޔޫތު ފުޓްބޯޅަ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަމަށް އިހްސާސް ކުރެވެ އެވެ.

އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

"އެކަޑަމީގެ މި އުޅޭ 100 އަށް ވުރެ ގިނަ ކުދިންނަކީ އަޅުގަނޑުގެ ފެމެލީ ކުދިންތަކެއް ކަމުގެ އިހްސާސެއް އިނދޭ،" ގއ. ކަނޑުހުޅުދު އަށް އުފަން ފަރީދު ބުންޏެވެ.

އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

އެކަޑަމީގައި ތަމްރީން ހަދާ ކުދިންނަށް ފަރީދު އިހްސާސް ކޮށްދޭން ބޭނުންވަނީ އޭނާ އަކީ ހަމައެކަނީ ކޯޗެ ނޫން ކަމެވެ. އަދި ކުޅުންތެރިންގެ ގާތް އެކުވެރިއެއްގެ ކަމުގެ އިހްސާސް ކޮށްދޭން އޭނާ ބޭނުން ވެއެވެ.

އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި
އަންހެނުން ފުޓްބޯޅައިގެ މަސައްކަތަށް ނެރެ ފަރީދު އެންމެ އުހުގައި

އިމާދުއްދީން ސްކޫލްގައި ގްރާސްރޫޓް ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށި ފަރީދު ބުނި ގޮތުގައި އެކަޑަމީ މަރުހަލާގެ ތެރެއިން ޓޮޕް ޓެލެންޓްސްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މައްޗަށް ކުޅުންތެރިންތަކެއް ނުދާތާ އަހަރުތަކެއް ފާއިތުވެއްޖެ އެވެ.

މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު އެކަޑަމީގެ ތަމްރީނުތައް ފުރިހަމަ ކުރުމަށް ފަހު ސީނިއާ ކެރިއާ އާ ހަމައަށް ދާ ކުޅުންތެރިން މަދެވެ. ފުޓްބޯޅަ އަށް އާ ކުޅުންތެރިން ނުކުތް ނަމަވެސް އެކަޑަމީ މަރުހަލާގެ ތެރެއިން ހުނަރުވެރި މޮޅު ކުޅުންތެރިންނެއް ސީނިއާ ގައުމީ ޓީމާ ހަމައަށް ވެސް ނުދެ އެވެ.

ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވުމުގެ ސިފަތައް އެކަޑަމީ މަރުހަލާގެ ތެރެއިން ވެސް ފެންނަން ފަށައިފި ކަމަށް، ވިކްޓަރީ ސްޕޯޓްސް ކަލްބަށް ކުޅެ އެ ކްލަބްގެ ޔޫތު ޓީމުގެ ކޯޗުކަން ވެސް ކުރި ފަރީދު ބުންޏެވެ.

"އޭގެ އެންމެ ބޮޑު ތަފާތަކަށް ވީ ކޯޗިން ކޯހުގެ އެކި ލެވަލްތައް ފުރިހަމަ ކުރި ކޯޗުން އެކަޑަމީތަކުގައި މަސައްކަތް ކުރަން ފެށުން،" އޭއެފްސީ ކޯޗިން ކޯހުގެ ބީ ލައިސެންސް ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރީދު ބުންޏެވެ.

"މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭ އެފްއޭއެމުން ވެސް ސީދާ ގްރާސް ރޫޓް ފުޓްބޯޅަ އަށް ހާއްސަކޮށް ޑީ ލައިސެންސް ގިނަ ކޯސްތަކެއް ހިންގައިފި. އެ ކޯހުގެ ތެރެއިން ވަރަށް ގިނަ އާ ކޯޗުން ވެސް ތަމްރީންވެ ގްރާސްރޫޓް ފުޓްބޯޅައިގައި މަސައްކަތް ކުރަން ފެށީމަ މިހާރު އެކަޑަމީތަކުގައި ޓްރޭނިން ހަދާ ކުޅުންތެރިންގެ ޓެކްނިކް ފުޓްބޯޅައިގެ ހުނަރު ވެސް ރަނގަޅުވެއްޖެ. އޭގެ ފައިދާ ކުރިއަށް އޮތްތަނުގައި ފެންނާނެ."

ގައުމީ 14 އަހަރުން ދަށުގެ ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ ހަތްވަރަކަށް އަހަރުތެރޭ ސީނިއާ ގައުމީ ޓީމާ ހަމައަށް ދާނެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ މިހާރުގެ ފެންވަރު ވަޒަންކުރުމަށް ފަހު ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކޮށް ފެންނަ ކަމަށް ފަރީދު ބުންޏެވެ.

"މިސާލަކަށް ބަލާ އީތަން [އިބްރާހިމް ޒަކީ] އިލާން އަދި ވެސް އޭގެ ތެރޭގައި އެބަތިބި ވަރަށް ހުނަރުވެރި ކުޅުންތެރިން. މި ކުޅުންތެރިންނަކީ އެކަޑަމީ ސެޓްޕްގެ ތެރެއިން ތަމްރީނުވި ކުޅުންތެރިން،" ނިއު ރޭޑިއަންޓާއި ޓީސީގެ އެކަޑަމީގައި އީތަން އާއި އިލާން ކުރިއެރުމުގައި ހިއްސާވި ފަރީދު ބުންޏެވެ.

"ދެން މި ކުދިންނަށް ބޭރުގެ ކްލަބްތަކުން ފުރުސަތު ހޯދައިދޭން އެފްއޭއެމް އާ މި ކުދިންގެ ޕޭރެންޓުން ގުޅިގެން މަސައްކަތް ކުރަންވީ. ޔޫރަޕްގެ ކްލަބްތަކުގެ ޓްރެއަލް އަށް ފުރުސަތު ހޯދަންވީ. އެ މަސައްކަތް އެގޮތަށް ކުރެވިގެން މި ބުނި އޭޖު ކެޓަގަރީގެ ކުދިންގެ ސީނިއާ ކެރިއާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނީ. އޭރުން ސީދާ ރާއްޖޭގެ ފުޓްބޯޅަ އަށް އޭގެ ފައިދާ ފެންނާނީ."

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 2017 ގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ދީ އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށް ދިން ކޯޗު، ފަރީދު ބުނީ 14 އަހަރުން ދަށުގެ އުމުރުފުރާ އަށް ވުރެ ތިރިއަށް ޖެހިލާއިރު ވެސް ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކޮށް ފެންނަ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމު. މި ޓީމުގައި އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން. މާޒިޔާ އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމުގައި ވެސް އެބަތިބި ވަރަށް ހުނަރުވެރި ކުޅުންތެރިން. އެމްއެއެމްގައި ކުޑަ މޫސަ [މޯނިންގްސަން މޫސާ މަނިކު] ކޯޗު ކޮށްދޭ ކުޅުންތެރިން. މި ކުޅުންތެރިންނާ މެދު ފަރުވާތެރި ވެވިއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރިން މިއީ،" އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ ރޮމޭނިއާގެ ސްޓެންކްލެސްކޫ މާލޭގެ ސްކޫލްތަކަށް ގޮސް ފުޓްބޯޅަ އަށް ނެރުނު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފަރީދު ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި 12 އަހަރު ހޭދަ ކުރުމަށް ފަހު 2013 ގައި ރިޓަޔާ ކުރުމުގެ ކުރިން ވެސް ގްރާސްރޫޓް ފުޓްބޯޅައިގައި މަސައްކަތް ފެށި ފަރީދު ބުނި ގޮތުގައި ކުޅުންތެރިން އުފެއްދުމުގައި މަސައްކަތް އޭނާ އާ ވަކި ނުވާނެ ކަމަށެވެ.

"ޕާސަނަލީ ވެސް ވަރަށް ހިތްހަމަޖެހުން ލިބޭ މަސައްކަތެއް މިއީ،" 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

"އަނެއްކަމަކީ އަޅުގަނޑަށް އެބަ ފެނޭ މި މަސައްކަތުގެ އެންޑް ރިޒަލްޓް. އަދި މި ކުރާ މަސައްކަތުގެ ފިއުޗާ އަޅުގަނޑަށް ފެންނަނީ ވަރަށް ފޮނިކޮށް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ފުޓްބޯޅަ ސިގްނިފިކެންޓް ޗޭންޖެއް އަންނާނެ މިހާރު މިކުރާ މަސައްކަތުން."

އޭނާ ބުނި ގޮތުގައި އެ މަސައްކަތުގައި ވަރަށް ބޮޑަށް ކެތްތެރިކަން ބޭނުން ވެއެވެ. ހާއްސަކޮށް އެކަޑަމީތަކަށް ގެންދާ ކުޑަކުދިންގެ ބެލެނިވެރިން އެކަމުގައި ކެތްތެރިކަން އިސްކުރުން މުހިންމު ކަމަށް ކްލަބް އީގަސްއިން ސީނިއާ ކެރިއާ ފެށި ފަރީދު ބުންޏެވެ.

"ވަރަށް ގިނައިން ޕޭރެންޓުންގެ ވާހަކަތައް ހުރޭ އުމުރުން ވަރަށް ހަގު ކުޅުންތެރިންގެ މެދުގައި ވެސް ވާދަވެރިކަން އުފެދޭ ގޮތަށް. އެހެން ޕޭރެންޓެއްގެ ދަރިފުޅު މިވެނި ގޮތަކަށް ހަދައޭ ކީއްވެހޭ މި އެކަޑަމީގައި އެގޮތަށް ނުހަދަނީ،" ފަރީދު ކިޔައިދިނެވެ.

"ޕޭރެންޓުންނަށް އަޅުގަނޑު ބުނެލަން އޮތީ ކެތްތެރި ވެލާށޭ. ވަރަށް ހަގު ކުދިންވީމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ ކުދިންގެ ޝައުގުވެރި ގެއްލިގެން ނުދާނެ ގޮތަށް ޓްރޭނިންތައް ބައްޓަން ކުރުން، އިންޑަވިޖުއަލް އެހެން ހުނަރުތަކަށް ވެސް އަޅުގަނޑުމެން ކުދިން ހާނުވާނަން. މިހާރު ވަރަށް ހަގު ކުދިން ވީމަ މި ކުދިންގެ ޓްރޭނިންތަކާ މެދު ވަރަށް ފަރުވާތެރި ވާން ޖެހޭނެ."

އޭނާ ބުނީ ފުޓްބޯޅައިގައި އުޅޭ ކުދިންގެ ބެލެނިވެރިންގެ މެދުގައި ވެސް ހޭލުންތެރިންކަން އުފަންދަން ޖެހޭ ކަމަށެވެ.

"ޕޭރެންޓުންގެ އެވެއާނެސް މީ ވަރަށް މުހިންމު އެއްޗެއް ކުއްޖާގެ ޑިވެލޮޕްމެންޓަށް،" ފަރީދު ބުންޏެވެ.

ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު ފަރީދު ބުނި ގޮތުގައި ފުޓްބޯޅައިގެ ޑިވެލޮޕްމެންޓް މަސައްކަތަކީ ވަށް ބުރެކެވެ.

"އެ ސާކަލްގައި ހިމެނޭނެ އެކަޑަމީ އަށް އަންނަ ކުދިން އެ ކުދިންގެ ޕޭރެންޓުން އެފްއޭ. ކޯޗުން. އެކަޑަމީތައް" އޭނާ ކިޔައި ދިނެވެ.

ގްރާސްރޫޓް މަރުހަލާގައި މަސައްކަތް ކުރާ ކޯޗުންނަށް އަހަރަކު އެއްފަހަރު ރިފްރެޝާސް ކޯސް ހިންގުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"އެފްއޭއިން ލީޑް ނަގައިގެން ކުރަން ޖެހޭ ކަމެއް އެއީ،"

ފަރީދުގެ ދިރިއުޅުން އޮތީ ގްރާސްރޫޓް އަދި ޔޫތު ފުޓްބޯޅަ އާ ގުޅި ލާމެހިފަ އެވެ. އެ މަސައްކަތުގައި އޭނާ މުޅި ދިރިއުޅުން ހިއްސާވެއެވެ. ގްރާސްރޫޓް ފުޓްބޯޅަ އާ އޭނާ އާ ވަކިވުމެއް ނެތެވެ.