ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން ހައްޔަރު ކޮށްފި
ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން ހައްޔަރު ކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތަށް މިއަދު 15 ދުވަސް ކޯޓުން އިތުރު ކޮށްދީފި އެވެ.

ފުލުސް އޮފީހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ޒައިދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ނުބުންޏެވެ.

ޒައިދަކީ ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެބައިވުމުން، އޭނާ އެރުއްވީ ރައީސް މައުމޫންގެ ފަޅިއަށެވެ.

އަދި އޭގެ ފަހުން ރައީސް ޔާމީންގެ ސިޔާސަތުތަކަށް އޭނާ ދިޔައީ ފާޑު ވިދާޅުވަމުންނެވެ.