އެޗްޑީސީގެ "ބޯޅަ ފޯރި": 5 މީހަކަށް 5،000ރ.
އެޗްޑީސީގެ "ބޯޅަ ފޯރި": 5 މީހަކަށް 5،000ރ.

މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް އެޗްޑީސީން ކުރިއަށް ގެންދާ "ބޯޅަ ފޯރި" ގެ ދަށުން ބަހައްޓާފައިވާ ބޮޑު ސްކްރީން ކައިރި އަށް ފައިނަލް މެޗު ބަލަންދާ މީހުންގެ މެދުގައި ހާއްސަ ގުރުއަތެއް ނަގައި ފައިސާގެ އިނާމެއް ދޭން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

އެޗްޑީސީގެ "ބޯޅަ ފޯރި": 5 މީހަކަށް 5،000ރ.
އެޗްޑީސީގެ "ބޯޅަ ފޯރި": 5 މީހަކަށް 5،000ރ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނާއި މީޑިއާ ނެޓާ ގުޅިގެން ނަގާ އެ ލަކީޑްރޯއިން ހޮވޭ 5 މީހަކަށް 5،000ރ. ދޭން ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ވޯލްޑް ކަޕަށް ފެށި "ބޯޅަ ފޯރި" ގެ ދަށުން ގިނަ ހަރަކާތްތަކެއް ވަނީ ބައްވައިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހަވީރެއް ވެސް ހިމެނެ އެވެ.

"ބޯޅަފޯރި" ގެ ނަމުގައި އެޗްޑީސީން ފޭސް 1 އާއި 2 ގައި ހަދާފައިވާ ފޭން ޒޯނުތަކުގައި ބަހައްޓާފައި ވަނީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ދެ ލެޑް ސްކްރީނެވެ. އެއީ 20 ފޫޓު 40 ފޫޓުގެ ބޮޑު ލެޑް ސްކްރީނުތަކެކެވެ. ސްކްރީނު ބަހައްޓާފައި ވަނީ ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2 ގެ ހިޔާފްލެޓް ސަރަހައްދުގަ އެވެ. އެ ދެ ސަރަހައްދަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު މެޗު ބަލަން ދެ އެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ.