ޗައިނާގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓުކުރުމަށް ހިތްވަރުދެން: އެމްބެސެޑަރު
ޗައިނާގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓުކުރުމަށް ހިތްވަރުދެން: އެމްބެސެޑަރު

ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށްޓަކައި، ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރުމަށް ހިތްވަރު ދެމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައާޅާފައި ހުންނަ އެމްބެސެޑަރު ވަންގް ލިޝިންގް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓުކުރުމަށް ހިތްވަރުދެން: އެމްބެސެޑަރު
ޗައިނާގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓުކުރުމަށް ހިތްވަރުދެން: އެމްބެސެޑަރު

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޝަންގެ ދަށުން ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރު ލިޝިންގް ވިދާޅުވީ ޓްރައިޕާޝިއޭޓް ކޯޑިނޭޓިން މެކެނިޒަމް މީޓިންތައް ހަރުދަނާކަމާ އެކު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ

އަދި އެ މީޓިންތަކުގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ދަތިކަމެއް ނެތި މުއާމަލާތުކޮށް، މަސައްކަތްތައް ފަސޭހަކަމާއި އެކު ކުރުމަށް މަގުފަހިވާ ކަމަށް ވިދާޅުވި އެވެ.

ލިޝިންގް ވިދާޅުވި ގޮތުގައި ގްލޯބަލް ޑިވޮލޮޕްމަންޓް އިނިޝިއޭޓިވްއާ އެކު ކުރިއަށްގެންދާ އިކޮނޮމީގެ ޑައިވާސިފިކޭޝަން ސްޓްރެޓެޖީގެ ޑޮކިން އިތުރަށް ހަރުދަނާ ކުރަންޖެހެ އެވެ. އަދި ރާއްޖޭގައި އިގްތިސާދުގެ ޑައިވާސިފިކޭޝަން ސްޓްރެޓެޖީ ތަންފީޒުކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވާ އެ މަސައްކަތްތަކަށް ޗައިނާގެ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިޝިންގް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ އަމަލީ މަސައްކަތްތައް އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ. އަދި މި އަހަރު ކުރީކޮޅު ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔިންގް ކުރެއްވި ރަސްމީ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ އަމަލީ މަސައްކަތްތައް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ފަސް ރަށެއްގައި ލޮނުފެން ސާފުކުރާ ޑީސެލިނޭޝަން ޕްލާންޓުތައް ގާއިމުކޮށްފައިވާ ކަމަށާއި ހުޅުމާލޭގައި ލޮލުގެ ސެންޓަރުގެ ހިދުމަތް އަލުން ފަށާއިރު ޗައިނާގެ ޑޮކްޓަރުންނާއި ނަރުހުން އެ ތަނަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ބޭއްވި ބިޒްނަސް ފޯރަމުގައި އިކޮނޮމިކް މިނިސްޓްރީ އާއި އިގުތިސާދީ އެކި މުއައްސަސާތަކާއި، ޗައިނާގެ އެކި ކުންފުނިތަކުގެ ބޭފުޅުންނާއި އިންވެސްޓަރުން ވަނީ ބައިވެރިވެފަ އެވެ.