ސެމީ އަށް މަރުހަބާ ކީ އުރީދޫގެ މިއުޒިކް ޝޯއަށް ބޮޑު ތަރުހީބެއް، މިރޭ ވެސް އޮންނާނެ!
ސެމީ އަށް މަރުހަބާ ކީ އުރީދޫގެ މިއުޒިކް ޝޯއަށް ބޮޑު ތަރުހީބެއް، މިރޭ ވެސް އޮންނާނެ!

ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ އާޖެންޓީނާ އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ކުރިން އުރީދޫން އާޓިފިޝަލް ބީޗުގައި ބޭއްވި މިއުޒިކް ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

އެހެންވެ މިރޭ ދަންވަރު 12 ޖަހާއިރު އޮންނަ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ ކުރިން ވެސް އުރީދޫ ފުޓްބޯޅަ ފޯރި މާލެ ފޭން ޒޯން ކަމަށްވާ އާޓިފިޝަލް ބީޗުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯއެއް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

މިރޭ 10:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ޝޯގައި ގިނަ ބަޔަކު ބައިވެރިވެ، މެޗުގެ ކުރިން ފޯރިގަދަކޮށްލަން އުރީދޫން އެދެ އެވެ.

ރޭ އާޓިފިޝަލް ބީޗު ސަރަހައްދު އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައި އޮތްއިރު، އެތަނުގައި މުޅިންހެން ތިބީ އާޖެންޓީނާ އަށް ސަޕޯޓުކުރި މީހުން ކަމަށް އުރީދޫން ބުންޏެވެ.

ރޭގެ މެޗުގައި މެސީގެ ގޯލަކާއި އަލްވަރޭޒްގެ ދެ ގޯލާއެކު 3-0 އިން ކްރޮއޭޝިއާ ކައިރިން މޮޅުވެ، ވޯލްޑް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ އާޖެންޓީނާ އެވެ.

މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ވޯލްޑް ކަޕް ތަށި އުފުލާލި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި މި ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ބަލި ނުވެ، ތާރީރުގައި ވެސް ސެމީ ފައިނަލަށް ދިޔަ ފުރަތަމަ އެފްރިކާ ގައުމު ކަމަށްވާ މޮރޮކޯ އެވެ.