ޔުނާން ކޮމާޝަލް ރެޕްރެޒެންޓޭޓިވް އޮފީސް ރާއްޖޭގައި ގާއިމްކުރީ ޖުލައި 2015ގަ އެވެ. އެ ތަނަކީ ޔުނާން ޔުނާން ޕްރޮވިންސުގެ ރައްޔިތުންގެ ސަރުކާރުގެ ލީޑާޝިޕާއި އެ ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް ކޮމާސް އެންޑް ފޮރިން އެފެއާޒުގެ ބެލުމުގެ ދަށުން ހިންގަމުންދާ އޮފީހެކެވެ.

މި ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ތަނުގެ ދައުރު ކަމަށްވާ "ވިންޑޯ، ކޯޑިނޭޝަން، ބްރިޖާސް އެންޑް ސާވިސަސް" އިން އެކި ދާއިރާތަކުން ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންނާއި މީޑިއާއާ އެހެނިހެން ފަރާތްތަކާ އެކު ވަނީ ގުޅިން ބަދަހިކޮށްފަ އެވެ.

އެ އޮފީހުގެ ސަބަބުން ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ޓްރޭޑް ކުރުމާއި އިގުތިސާދީ ގުޅުން ބަދަހިކޮށް ގާއިމު ކުރުމުގެ ޕޮލިސީތައް ތައާރަފުކުރެވި، ރާއްޖެ އާއި އެ ޕްރޮވިންސަށް ވެސް ފައިދާ ކުރަނިވި ރަނގަޅު ގޮތެއްގައި އެ ގުޅުން ބަދަހިކުރުމަށް ވަނީ މަގުފަހިވެފަ އެވެ. އަދި ޔުނާން ޕްރޮވިންސްގެ އެންޓަޕްރައިސަސްގެ އިގުތިސާދީ އަދި ޓްރޭޑް ޕްރޮޖެކްޓުތައް ތަރައްގީކޮށް އެފަދަ ކަންތައްތަކާ ގުޅުން ހުރި ހަރަކާތްތައް ރާއްޖޭގައި ހިންގުމަށް ސްޓާފުންނާއި، މުދަލާއި، އެހެނިހެން ހިދުމަތްތައް ވެސް އެ ތަނުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ތަނުގެ ސަބަބުން ޔުނާން ޕްރޮވިންސަށް ވަނީ ރާއްޖެއާ އޮތް ގުޅުން ބަދަހި ކުރުމަށް މަގުފަހިވެފަ އެވެ.

ޔުނާން ޕްރޮވިންސް ޕްރޮމޯޓް ކުރުމަށް ޔުނާން ކޮމާޝަލް ރެޕްރެޒެންޓޭޓިވް އޮފީހުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.

ނޯޓު: މިއީ ޔުނާން ކޮމާޝަލް ރިޕްރެޒެންޓޭޓިވް އޮފީހުގެ ޕްރޮމޯޝަން އެކެވެ.