13 ޑިސެމްބަރ 2022 - 19:30

ވޯލްޑްކަޕްގެ ފުރަތަމަ ސެމީ ފައިނަލާ ދިމާކޮށް، އުރީދޫން މިރޭ ހާއްސަ މިއުޒިކް ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އުރީދޫން ކުރި ޓްވީޓެއްގައި ބުނީ މިރޭ 10:00 ގައި މާލޭ އުރީދޫ ފުޓްބޯޅަ ފޯރި ފޭންޒޯން، އާޓިފިޝަލް ބީޗުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ލައިވް މިއުޒިކް ޝޯއެއް އޮންނާނެ ކަމަށެވެ.
ސެމީފައިނަލް މެޗުގެ ކުރިން ބާއްވާ އެ ޝޯގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އުރީދޫން ވަނީ އެދިފަ އެވެ.
ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ އާޖެންޓީނާ އާއި ކްރޮއޭޝިއާ އެވެ. އެ މެޗު ފަށާނީ ދަންވަރު 12:00 ގަ އެވެ.